ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރަން ޔާމީންގެ ވަކީލުންނަށް ހައިކޯޓުން އަންގައިފި އެވެ

އެ މައްސަލައިގެ އިސްތިއުނާފް އިސްލާހު ކުރުމަށް ވަކީލުންނަށް އަންގާފައި ވަނީ މިއަދު އެވެ.

ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި އިސްލާހު ކުރުމަށް ނުކުތާ ތަކެއް ހުރުމުން އެކަން އަންގާ ޔާމީންގެ ވަކީލުންނަށް ސިޓީ އެއް ކައިކޯޓުން ވަނީ ފޮނުވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.