ދިވެހިންގެ މިނިވަންކަން ފުރިހަމަގޮތުގައި ހިފެހެއްޓިފައިވާކަމުގައި ގަބޫލު ކުރެއްވުމަކީ އުނދަގޫ ކަމެއް ކަމަށާއި އިވެމުންދަނީ ދިވެހީންގެ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނާޒިމް މިރޭ ދެއްވި ހިތޯބެއްގައި ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާ އަމިއްލަވަންތަ ދައުލަތެއްގެ ގޮތުގައި އޮތް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އަދި ދިވެހި ދައުލަތުން މިއަދު ޖަހަމުން ގެންދަނީ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުތައް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޒުވާން ޖީލުގެ މުސްތަގުބަލަށް އިހުމާލުވެފައިވާ ކަމަށާ ޒުވާނުންގެ މުސްތަގުބަލް ގެއްލެމުންދާ ކަމަށެވެ. މިއަދު މި އިންޒާރުތައް ބަލައިގަނެ، އެކަންކަން ރަނގަޅު ކުރުމަކީ ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ބޯފެން ހޯދުމަށް ވެސް ބަރޯސާ ވާން ޖެހޭނީ ބޭރު ގައުމުތަކަށް ރާއްޖޭގެ ހަރުމުދާ ހުރީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައި ނޫން، އަދި ގާނޫނީ އޮނިގަނޑުގައި ހުރި ބާތަކުގެ ބޭނުންހިފައިގެން ސަރުކާރުންދަނީ، ދައުލަތުގެ މުދާ ނުއަގުގައި ވިއްކަމުން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ނާޒިމް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުންނާއި ދިވެހިރާއްޖެގެ ގާނޫނު އަސާސީން ދިވެހީންނަށް ކަށަވަރު ކޮށްދީފައިވާ ދިވެހީންގެ މަސްކަނޑުގެ 45 ހާސް ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް މިސަރުކަރުން ދާދި ފަހުން ވިއްކާލާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު އިލެކްޝަންސް ކޮމިޝަން ވަނީ ސިޔާސީ ކޯޅުމެއްގައި މަރުތަޅު އެޅުވިފައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.