މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާ ޖެހުނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ބޭރު ސިފައިން ތިބި ކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރަނގަޅަށް ރައްދުދެވިފައިނުވާތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރާއްޖޭ ޓީވީގެ ޕްރޮގުރާމަކަށް ފޯނުން ދެއްވި އިއްޓަވިއުއްގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ލިބުނު ނާކާމިޔާބީއާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކުރާކަމަށާއި، ބޭރުގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނާ ވާހަކަތަކާއި، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ނުދެވުމަކީ ވެސް ވޯޓު ގެއްލެން ދިމާވި ސަބަބެއް ކަމަށެވެ. މި ވާހަތަކުގެ ސަބަބުން ރައްޔިތުންނަށް މިނިވަންކަމުގެ ބިރު ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ ދިމާއަށް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އެކަމުގެ ހަގީގަތް އަޅުގަނޑުމެންނަށް ހާމަ ނުކުރެވުނު. މިބުރުގައި ތިބި ބަޔަކުތިބި. އަޅުގަނޑުމެން މިބުރުގައި އެކަން ހާމަކުރާނަން. ރާއްޖެއިން އެއްވެސް ބައެއް ނުގެއްލޭކަން ހާމަކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަން ކަމާއި ސިޔާދަތާއި ގުޅޭގޮތުން މިސަރުކާރުން ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަ ދެއްކީ ކޯލިޝަން ބައިވެރިޔާ އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ. މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި، އުމަރު ނަސީރާއި ފާރިސް މައުމޫނާއި، ނާޒިމްވެސް މިވާހަތައް ދައްކަވާފައިވެ އެވެ.
ގާސިމް ވެސް ވަނީ މި ސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކައި ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށާއި، މިނިވަންކަން ގެއްލި ގައުމު ބޮޑު ބިރުވެރިކަމެއްގައި އޮތް ކަމަށް ވިދާޅުވެފަ އެވެ. މިކަންކަމުން ސަލާމަތް ވުމަށް މިސަރުކާރަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
މިޕްރޮގުރާމްގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދެ ވަނަ ބުރުގައި އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމުގައި ފެހި ސިކުނަލް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނަށް ވޯޓު ދެއްވަން ތިބި ވަރަށް ގިނަ މީހުން ވޯޓު ނުލާ ތިބި ކަމަށާއި އިދާރީ ގޮތުން ނިންމަން ޖެހޭ ބައެއް ކަންކަމަށް ފަރުވާ ކުޑަކުރެވިފައިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ އިންތިހާބުން އެ ނަތީޖާ އައުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ނުކުތީ އެބޭފުޅުން އުންމީދު ކުރި ގޮތަށް ނޫން ކަމަށެވެ.
"އެބަހުރި ވަރަށް ގިނަ މިސްޓޭކްސް ހެދިފައި. އަޅުގަނޑުމެން އުންމީދު ކުރި ގޮތަކަށް ނޫން ފުރަތަމަ ބުރު ގޮއްސަ މިއޮތީކީ. މިހާރު ކުރަމުން މިދަނީ އެ މަސައްކަތް. އަޅުގަނޑުމެން ބެލިއިރުގަ ޓާންއައުޓް ދަށްވި މައްސަލަ، މައްސަލައެއް ގޮތުގަ އެންމެ ބޮޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބައެއް ރަށްތަކަށް ބަލާއިރު، އެރަށްތަކުން 400 ވަރަކަށް މީހުންނަށް އިންތިހާބުގައި ވޯޓު ލެވިފައި ނުވާ ކަމަށާއި އެކަމަކީ އެއީ ކިހިނެތްވީ ކަމެއްތޯ ބަލައި އެކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ވޯޓު ފޮށި ހަވީރު 4 ޖެހިއިރު، ބަންދު ކުރުމުން ހަވީރު ވޯޓުލާން ޖެހޭ މީހުންނަށް ވޯޓު ނުލެވުނުކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައްދެއް ނޫންދޭންވީ އިންޑިއާ ސިފައިން ބާލާނެ ކަމަށާއި އަދި އިންޑިއާ ހެލިކޮޕްޓަރު ގަނޑު ތައް ކުރީ ސަރުކާރުން ނިންމާފަިއވާ ގޮތަށް އިންޑިއާ އަށް ފޮނުވާލާ އިންޑިއާ އިން ގެނައި ޑޯނިއަރ ފްލައިޓް ވެސް ފޮނުވާލާ އެދުއްވަން ކަމަށް ބުނެ ރާއްޖެ އައިސް ބަނޑަހަގެ ޖަހައިގެން ތިބި އިންޑިއާގެ 15 ހާސް ސިފައިންނަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމެންނަށް ކާންދީ ނުބަލަހައްޓާ އެހުރިހާ މީހުން ފޮނުވާލާނެ ކަމަށް ރައީސް އިބޫ އެއްބަސްވެ އެގޮތަށް އެކަން ކުރަންވީ