ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމްގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ނުނެރެން ދެ ބޭފުޅުން ޑީލެއް ހައްދަވައިގެން ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޔާމީން ޖަލުން ނުނެރުމަށް ނާޒިމް އާއި މުއިއްޒުއާ ދެމެދު އަންޑަސްޓޭޑިންއެއް އެބައޮތް ކަމަށެވެ.

ނަމަވެސް ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވީ އެއްވެސް ޝަރުތެއް ނެތި ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ ނާޒިމް އެ ދުވަހު ދެއްކެވީ ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށާއި މިހާރު ވަޑައިގަން ދައްކަވަނީ އެއީ މާޒީ ކަމަށް ޖާބިރު އަރިހު ދަންނަވައިފަ އެވެ. އެ މައުޟޫއުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ނާޒިމް ދިޔައީ ޔާމީން ޖަލުން ނުނެރޭނެކަން ގެރެންޓީކޮށްފައި ކަމަށެވެ.

ނޫން ނޫން ނާޒިމް އާއި މުއިއްޒުއާ ދެ ބޭފުޅުން ވަނީ ޔާމީން ޖަލުން ނުނެރެން ޑީލް ހަދާފައި. ޔާމީން ޖަލުން ނުނެރޭ ގޮތަށް ނާޒިމް އާއި މުއިއްޒު އަންޑަސްޓޭންޑްވެގެންނޭ ނާޒިމް ދިޔައީ. އެކަން (ޔާމީންގެ އަނިޔާ) ހަނދާން ނުނެތިއެއް ނުހުންނާނެއްނު. ނާޒިމް ގެރެންޓީ އެ ކުރީ ޔާމީން ޖަލުން ނުނެރެން
ޖާބިރު

"ނޫން ނޫން ނާޒިމް އާއި މުއިއްޒުއާ ދެ ބޭފުޅުން ވަނީ ޔާމީން ޖަލުން ނުނެރެން ޑީލް ހަދާފައި. ޔާމީން ޖަލުން ނުނެރޭ ގޮތަށް ނާޒިމް އާއި މުއިއްޒު އަންޑަސްޓޭންޑްވެގެންނޭ ނާޒިމް ދިޔައީ. އެކަން (ޔާމީންގެ އަނިޔާ) ހަނދާން ނުނެތިއެއް ނުހުންނާނެއްނު. ނާޒިމް ގެރެންޓީ އެ ކުރީ ޔާމީން ޖަލުން ނުނެރެން،" ޕްރެޒެންޑަރުގެ ވާހަކައާ ގުޅިގެން ޖާބިރު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ޖަލުން ސަލާމަތްވުމަށް ފަހު ނާޒިމް ވަނީ ދެން ދުވަހަކު ވެސް ޔާމިންއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑިޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ޖާބިރު ވިދާޅުވީ މުއިއްޒަށް ބާރު ލިބިއްޖެއްޔާ ޓޯޓަލް ކޮންޓްރޯލް ނަގާނެ ކަމަށެވެ. މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓް ކަމަށާއި ޕީޕީއެމް ބާކީކޮށްލާނެ ކަމަށެވެ. އަދި މުއިއްޒަކީ ގަނެގެން ބާރު ހޯދާފައިހުރި މީހެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ބޮޑުފުޅަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު އާއި ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

ތިމަންނާ އަށް ވެރިކަމަށް އާދެވިއްޖެ ނަމަ ޔާމީން ޖަލުން ނެރޭނެ ކަމަށް މުއިއްޒު ވިދާޅުވާ ވާހަކައާ ބެހޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ޖާބިރު ވިދާޅުވީ އެއީ ދައްކަން ޖެހޭ ވާހަކައެއްވީމާ ދައްކާލަނީ ކަމަށެވެ.

"ނާޒިމް އާއި މުއިއްޒު އާއި ނިކަން ސާފު އެއްބަސްވުމެއްގައޭ އެ އުޅެނީ. ޕީޕީއެމޭ ޕީއެންސީ މީހުންނޭ އެ އުޅެނީ ޔާމީން ތާއުމުރަށް ޖަލުގައި ބާއްވަން. އެހެންވީމާ ތިބޭފުޅުން ކަމެއް ނޫންހޭ ވަގުތުން އިބޫ ހޮވުން،" ޕްރޮގްރާމުގެ ޕްރެޒެންޓަރު އާމިރު ސަލީމްއާ ސަލާމްކުރައްވައި އިންނަވައި ޖާބިރު ވިދާޅުވި އެވެ. "އިބޫ ހޮވައިގެންނޭ ޔާމީން މިނިވަންވާނީ. އެނޫން ގޮތެއް ނެތޭ."

އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު ނާޒިމަށް ލިބިވަޑައިގެންނެވީ 1،900 ވަރަކަށް ވޯޓެވެ.