ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މޫކޭ އަށް ހަމަލާދީ މަރުގެ އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޫކޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަމަލާ ދިން ކަމަށް ބުނާ ފޮޓޯ އާންމު ކުރައްވައިފަ އެވެ.
މޫކޭ ވިދާޅުވި ގޮތުގައި އެކަން ހިނގީ އިއްޔެ ހަވީރު ދަރިފުޅާ އެކުގައި ސައިކަލްގައި ދަނިކޮށެވެ. އިންޒާރު ދިން މީހާ، އޭނާ އާއި ދަރިފުޅަށް އަވަގުރާނަ ގޮވައި، ގަޔަށް އަތްލާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އޭނާ އާއި ދަރިފުޅު މަރާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައިވާ ކަމަށް މޫކޭ ވިދާޅުވި އެވެ.

ރޯދަ މަހުގެ ހަވީރު ބުރު: މަގުމަތީގެ ބޮޑު ތަކުލީފަކަށް
އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
ސަރުކާރުން ކުރާ ހަރަދުގެ މައުލޫމާތު އާންމުނުކުރާ މައްސަލަ ބޮޑު