ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓަރުން ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފި އެވެ.
އެގޮތުން ޕީއެންސީއާ މިހާތަނަށް ގުޅިވަޑައިގެންފައިވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ދިވެހި ބަހާ އީ ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އިތުރު މިނިސްޓަރުން ޕީއެންސީއަށް ސޮއި ކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވާއިރު މިނިސްޓަރުކަމާ ހަވާލުވިއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަކީ ޕީއެންސީގެ ލީޑާޝިޕްގައި ތިބެއްވި ބޭފުޅުންނެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމަކީ ޕީއެންސީއާ އެކު މަސައްކަތް ކުރާ ޕީޕީއެމްގެ ދެ ނައިބު ރައީސުނެވެ.
ހޯމް ސްކޫލިން ތައާރަފްކުރަން މަޖިލީހަށް ބިލެއް
މޯލްޑިވިއަންގެ ޕައިލެޓަކާ މެދު ސަލާމަތީ ކަންބޮޑުވުންތަކެއް
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް

މިނިސްޓަރެއްތަ އެހެރީ ސައްބެއްހެން ެ ޅެންވެރިއެކޯ މީހަކު ބުނި އެކަމަކުވާ