ފުރަތަމަ ފަހަރަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކޮށްފައިވަނީ ފާތިމަތު އިނާޔާ އެވެ. އެކަމަނާ އަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.
އެންމެ ފަހުން ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވީ އަހްމަދު ލަޠީފެވެ.
ޔުކްރޭންގެ ނޫޑްލްސް އަކުން ޔޫރަޕްގައި ސަލްމޮނެއްލާ ފެތުރެނީ
އެމްޕަޔާ ސްޓޭޓަ ބިލްޑިންގެ އެންމެ އުހަށް އެރުމުން ހައްޔަރު ކޮށްފި
ސިނގިރެޓުން ޑިއުޓީ ކަނޑާލާ ގާނޫނަށް އަމަލުކުރަން ފަށައިފި
