ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯސަލްގެ ގޮތުގައި ލިބިފައި ވަނީ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުއާ ގުޅޭ ޕްރޮޕޯސަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ހޮޓެލް ޖެންގައި ބޭއްވި ބިލްޑާސް އެވޯޑް ހަފްލާގައި ރައީސް ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އެސްއީޒެޑް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮޕޯސަލްއަކީ އިއާދަކުރަނިވި ހަކަތައިން 110 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަކީ ދެބަސްވެވެން ނެތް ކޮރަޕްޝަނެއް: ޖަމީލް

ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ރައީސަކު ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް ދެއްވި ކަމަށެވެ. ރައީސް މުއިއްޒު ހުޅުމާލެ ވެސް ހިމެނޭ ގޮތަށް މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ބަޔަކަށް ދިނުމަށް ފަހު މާ ދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލާ ވީކަމެއް ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ކްރިސްމަސް ފާހަގަކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަން ފުލުހުން ހަނދާންކޮށްދިނެވެ.

ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑު ފަސޭހަކަމާއެކު ސާފުކުރަން މަޝްވަރާކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފަސޭހަކަމާއި އިތުބާރާއި ޔަގީންކަމާއެކު ސާފު ކުރުމަށް އީސީން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން ފައިލޭރިއާ ބަލި ޖެހުނު މީހުންގެ އަދަދު ހަތަކަށް އިތުރުވެއްޖެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ މާލެ ސަރަހައްދުން ފައިލޭރިއާ ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ފަސް މީހުންނާއި ގުޅިފަޅުން އެކަކު އަދި މާލެއިން އެކަކު ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަންކުރަން ލަފާދީފި

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ބޯޑުން ވަނީ އަލީ ޝުޖާއު ކޮމިޝަނާގެ މަގާމަށް އައްޔަން ކުރުމަށް މިނިސްޓަރަށް ލަފާ ދެއްވައިފަ އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް ނިމާލް އިސްތިއުފާ ދެއްވައިފި

ނިމާލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.

ޔޫތު މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ހެދި ދުވަސްވަރު ބޮޑު ވައްކަމެއް!

ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، މި ސަރުކާރުން ދެ މިނިސްޓްރީއަކަށް ބަދަލުކޮށް، މުވައްޒަފުންނާއި މުދާ އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގެ މަރުހަލާ ތެރޭގަ އެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލަކަށް ޒަކަރިއްޔާގެ ބަދަލުގައި ވައިސް

ވައިސް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެންސީޓީސީގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއަ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގަ އެވެ.