ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އަވަށްޓެރި އިންޑިއާ އިން ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ކެމްޕޭނެއް ފަށާފައި މިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަށް ފަހު އެވެ.
މިއާއެކު އިންޑިއާގައި ވަނީ ރާއްޖެއަށް ޗުއްޓީއަށް ނުދިޔުމަށް ގޮވާލާ ކެމްޕޭނެއް ފަށައިފަ އެވެ.
ބައެއް ފަރާތްތަކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ މޯދީ ރާއްޖެއަށް ދެއްވި ނުސީދާ އިންޒާރެއް ކަމަށެވެ.
"ދިވެހިރާއްޖެ" ނޫން ގޮތެއް ކަމަށާއި ޗައިނާގެ ޕަޕެޓް ސަރުކާރުން ހިންގާ ރާއްޖެއަށް ނުގޮސް ޗުއްޓީ ހޭދަކުރަންވީ ލަކްޝަދީބުގައި ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ވިސާމާއި އަލްހާން މަޖިލިހަށް ވާދަނުކުރައްވަން ނިންމަވައިފި
އަލްހާން މީގެކުރިން ވަނީ މަޖިލިހުގެ ކާށިދޫ ދާއިރާ އަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެކަމަކު، އަލްހާން ވަނީ އެ ނިންމުން ފަހުން ބަދަލު ކުރައްވައިފަ އެވެ.
ވިސާމް ވިދާޅުވީ މި އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް ރައްޔިތުންނަށާއި އެމްޑީޕީ އަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ފަސް އަހަރު ނިމޭއިރު، މާލޭގެ ބޯހިޔާވަހިކަން މުޅިން ހައްލުވާނެ: ރައީސް
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅާއި އުތުރުތިލަފަޅުގެ އިތުރުން ރަސް މާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ދާއިމީ ހައްލު ކަމަށެވެ.
ނިޔާޒް މި ފަހަރު ވާދަކުރައްވަނީ ކުރެންދޫ ދާއިރާ އަށް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ޢަލީ ނިޔާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 18 ވަނަ އަދި 19 މަޖިިލީހަށް ކުރެންދޫ ދާއިރާއިން މެޖޯރިޓީ ދީ އިންތިހާބު ކުރީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.
ހައްޖާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ޝަހީމް ސައުދީ އަށް
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީން ގޮވާލައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސް ކުރައްވައި އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ކޮމިޝަނުން މަޖިލިހުގެ ކޮމިޓީގެ ލަފައަކަށް އެދުމުން، ރޯދަ މަހުގެ ފަހުން އެ އިންތިހާބު ބާއްވަން ލަފާ ދީފައިވާ ކަމަށެވެ
އިންޑއާގެ ވެރިން ރާއްޖޭގެ ޓޫރިޒަމް ފުނޑާލަން މަސައްކަތް ކުރާނީ ތިޔާއީ އިންޑިއާގެ ޕަޕެޓް އަންނިގެ އަތެއް ތިކަމުގައި އޮވެގެންނޭ އެއީ މަމެންނަށް ޔަގީން ކަށަވަރު ކަމެކޭ ބުނަން މަމެން ނެތީމޭ