ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރާތީ މިއަދު ހައިކޯޓަށް ދިޔުމަށް ޕީއެންއެފް އިން ނިންމައިފި އެވެ.
ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި މިއަދު 10 ޖަހާއިރު ހައި ކޯޓަށް މައުލޫމާތު ސާފުކުރަން ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރީ ފެބުރުއަރީ މަހު އެވެ.
އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އެމަނިކުފަނުގެ ގާނޫނީ ޓީމުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރަން ކުންފުންޏަކާ ހަވާލުކޮށްފިން: ރައީސް
ހުޅުމާލޭގައި އިއްޔެ ބޭއްވި ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓް ޑައުންވެއްޖެ
އެ ދެ ވެބްސައިޓަށް ނުވަދެވޭ މައްސަލައާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނާގޮތުގައި މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެކެވެ.
ހަ އަހަރަށް ފަހު ސަބުދެލިމަގު ހުޅުވާލަނީ
މީގެ ހަ އަހަރު ކުރިން ބަންދުކުރި ސަބުދެލި މަގު ސާފު ކުރުމުގެ މަސައްކަތް ލޯކަލް ގަވާމަންޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ
އައްޑޫ ކައިރި އަށް ބިންހެލުމެއް އަތުވެއްޖެ
މެޓް އޮފީހުން ބުނީ އިއްޔެ ހަވީރު 4:46 ހާއިރު އައްޑޫ ސިޓީއާ 894 ދުރުން ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.6 މެގްނިޓިއުޑުގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
15 އަހަރަށް ފަހު މާލޭގެ ޖަލު ބަންދުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ޖަލު އިއްޔެ ބަންދުކޮށްފައިވާ ކަމަށެވެ. ޖަލު ބަންދުކޮށްފައިވާއިރު ޖަލުގައި ތިބި ގައިދީން ވަނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށް ބަދަލުކޮށްފަ އެވެ
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތަކުގެ ކުލިން 20 ޕަސެންޓް ހެޔޮކޮށްފި
އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭ ސިޓީގެ މޭޔަރު ބައި އިލެކްޝަންގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ތާއީދު ހޯއްދެވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކަށް މިހާތަނަށް ކުލީގެ ލުޔެއް ސަރުކާރަކުން ދީފައި ނެތް ކަމަށެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރަނީ
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް އިއްޔެ ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އެންމެ އުސްކޮށް ޢިމާރާތްކުރެވޭ މިންވަރު ބަދަލުކުރުމަށް އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ބޭނުންފުޅުވެ އެހެންނަމަވެސް އެކަން ނުކުރެވުނީ އޭރު ސަރުކާރާއި މަޖިލީހުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ.