އިންޑިއާއަށާއި އެ ގައުމުގެ ވެރިންނަށް މަލާމަތް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންދަނިކޮށް، ސަސްޕެންޑްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.
މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ.
އަކްޝޭ ގޮވާލީ އިންޑިއާ ފަތުރުވެރިން ރާއްޖެ "ބޮއިކޮޓް" ކުރުމަށް!
އަކްޝޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އިންޑިއާ އަށް ރައްދުވާގޮތަށް މަލަމާތާއި ފުރައްސާރަކޮށް ވާހަކަ ދައްކާފައިހުރި ޕޯސްޓުތަކެއް ފެނިފައިވާ ކަމަށެވެ. އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުުމު ކަމަށާއި، އެފަދަ މުހިއްމު ގައުމެއްގެ ރައްޔިތުންނާމެދު ގޯސްކޮށް ކަންތައް ކުރާތީ ހައިރާންވާ ކަމަށް ބުންޏެވެ.
އިންޑިއާގެ ވެރިންނަށް މަލާމާތްކުރި އޮފިޝަލުންނަށް ފިޔަވަޅު އަޅާނަށް: ސަރުކާރު
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރުކުރަން ފުރުސަތު ނުދީ: ސޯލިހު
ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނަމުންދާތީ އެކަން ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ފުރާވަޑައިގެންފި
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ
ޔާމީން މިނިވަން ކުރުމުގައި މި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް: ޒެއިން
ޒެއިން އެގޮތަށް ވިދާޅުވީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން: މައުމޫން
ރައީސް މައުމޫން އިއްޔެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ މަރުގެ އަދަބު ރާއްޖޭގައި ދިނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
ނައިބް ރައީސްގެ މޮންޓެނީގްރޯ ދަތުރުފުޅަށް 5 ލައްކަ ރުފިޔާ ހަރަދުކޮށްފި
ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، އެ ދަތުރުފުޅަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނައިބު ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނާ އެކުގައި ފަސް ބޭފުޅުން ދަތުރު ކުރައްވާފައިވެ އެވެ.
މޯދީ އަށް މަލާމާތް ކުރުމެއް ނޫން މޯދީ އިޒްރޭލަށް ތާއީދު ކުރާ ވާހަކަ ދެއްކުމަކީ އެއީ އެއްގޮތަކަށް ވެސް މަލާމާތެއް ނޫނޭ އެއީ ހަގީގަތޭ ޓައިމް މެގެޒިންގެ ބޭރުގަނޑުގައި އިޒްރޭލުގެ ބޮޑުވަޒީރު ފަލަސްތީނު ކުޑަކުދިން ތަކެއް މަރަމުންދާ ފޮޓޯ ޖެހުމުން އެފޮޓޯ ނޫން ކުށްވެރިވާނީ އެއީ ހަގީގަތް ހާމަކުރުމޭ އެއީއޭ ޑިމޮކްރެޓިކް ހަމަތަކަކީ މޯދީ އަށް މަލާމާތް ކުރާ ދިވެހިން ސަސްޕެންޑް ކުރާނަމަ ޕީޕީއެމް ޕީއެންސީ ހުރިހާ މެމްބަރުން ޖެހޭނެއޭ ސަސްޕެންޑް ކުރަން