ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕްގައި ބައެވެރިވުމަށް ހުޅުވާލައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން ކަމަށްވާ، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާޔެވެ، ޑރ. މަޢުމޫން އާސިމް، ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދުގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނިވަޑައިގަންނަވަ އެވެ.

"ކުރީގެ ޚިތާނީ ކޭމްޕްތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މިފަހަރު ވެސް ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މި ކޭމްޕް ކުރިއަށް ގެންދާއިރު ކުދިންނަށާއި މައިންބަފައިނަށް ހިތްހަމަޖެހޭ މާހައުލެއް އޮތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ޙިތާނީ ކޭމްޕަށް ޙާއްސަ ޑޮކްޓަރުންގެ ޓީމެއް ވެސް މިވަނީ އެކުލަވާލާފައި،" ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި އެވެ.

ޙިތާނީ ޕެކޭޖުގެ އަގަކީ 5000ރ. އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހައްސަ އަގުތަކެއް ހަމަޖެހިފައިވެ އެވެ.

ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވާލަދެއްވުން އެދެމެވެ.