މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް ޑެންގީގެ 40 ކޭސް އާއި ޗިކުންޖުންޔާގެ 58 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ އެކަކުން މެއި މަހުގެ ފުރަތަމަ ހަތްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އެގޮތު އެ ބަލި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ އިރު، ޖެނުއަރީ މަހު 146 ކޭސް، ފެބްރުއަރީ މަހު 116 ކޭސް، މާޗު މަހު 119 ކޭސް، އަދި އޭޕްރީލް މަހު 239 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރަމުންދަނީ މާލޭ މާލެ އަދި ހުޅުމާލެއިން ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ޑެންގީ ޖެހިގެން ކުޑަ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އެންމެ ގިނައިން ޑެންގޫގެ ކޭސްތައް ރިޕޯޓްކޮށްފައިވާ 5 ސަރަހައްދުތައް:

  • ހުޅުމާލެ – 142 ކޭސް
  • މާލެ – 47 ކޭސް
  • ކ. އަތޮޅު – 32 ކޭސް
  • ހދ. އަތޮޅު – 13 ކޭސް
  • ސ. އަތޮޅު – 11 ކޭސް

ޑެންގީގެ އިތުރުން ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 28 އޭޕްރީލުން މެއި 4ގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މިފަހުން ކޭސްތައް ރިޕޯޓްކުރާ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ނިމުނު ހަފްތާގައި އެކަނިވެސް ޗިކުންގުންޏާގެ 117 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޗިކުންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ސަރަހައްދުތައް:

  • މާލެ – 193 ކޭސް
  • ހުޅުމާލެ – 40 ކޭސް
  • ހއ. އަތޮޅު – 2 ކޭސް