ހުޅުމާލޭގައި ސައިކަލަކުން ވެއްޓި ޒަހަމްވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެށްޓިފައިވާ ކަމަށް މި މަހުގެ ފަސް ވަނަ ދުވަހުގެ 3:26 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ 00:50 ހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށެވެ.
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބު ކޮށްފި
