ނ. ވަވަތި ފަޅު ރަށުން ފެނުނު ސޯމާލިއާގެ ތިން މީހުން އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ނ. އަތޮޅު ވަވަތިއަށް މި މަހުގެ 22 ވަަނަ ދުވަހުގެ ވަގުތެއްގައި ޑިންގީއެއް ލެއްގި މީހުން ހަވާލުކުރީ ހުޅުމާލެ އިމްގްރޭޝަން ފެސިލިޓީއާއި ހަވާލުކޮށްފައިވާ ކަމަށެވެ

އެހެންނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއްނުވެ އެވެ.

ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ވަވައްޗަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ.

އެމީހުން ދަތުރު ކުރި ޑިންގީ ވެސް އެރަށުން ފެނިފައިވެ އެވެ.

ސޯމާލިއާގެ މި މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގެ ފަޅު ރަށަކަށް ބެހިފައި ވަނީ ސޯމާލިއާގެ ތިން ފިރިހެނުންނެވެ.

ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އަދި އެ ރަށް އޮންނަނީ މަޝްހޫރު ވެލާ ރިސޯޓު ކައިރީގަ އެވެ.

ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ބަޔަކު އުޅޭ ސަރަހައްދެކެވެ.