ފިވެހިރާއްޖޭގައި ޑީޕް ސްޓޭޓެއް ނުވަތަ އަނދިރި ދައުލަތެއް އުފެދިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ޕީއެންއެުން ބޭއްވި ޖަގަހަ ޖަލްސާގއި އޯޑިއެންސްގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
ފަނޑިޔާރުގެތަކުގެ ގާނޫނަށް އިސްލާހު ގެނެސް ރައީސް ޑރ މުހައްމަދު މުއިއްޒު މަޖިލިސް މެދުވެރިކޮށް ސުޕްރީމު ކޯޓަށް ބިރުދައްކަވަމުން ގެންދާކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، މިއަދު ފެންނަމުން ދަނީ، އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައުމަށް ކުރިމަތިވާން ފެށުމުން ވެރިކަމުގެ ދިފާއުގައި ފަނޑިޔާރުގެތަކާ ކުޅުނު ކުޅުމުގެ މުޑުދާރު މާޒީ އިޔާދަކުރަމުން ގެންދާ މަންޒަރު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ދިފާއުގައި ފަނޑިޔާރުގެތަކާ ކުޅުއްވަން އުޅުއްވާ ކަމަށާ އޭގެ ސަބަބުން އަނދިި ދައުލަތެއް އުފެދިފައިވާ ކަމަށެވެ،
ވެރިކަން ދިފާއު ނުކުރެވި ހަތަރު އަނގޮޅި ކަންމައްޗަށް ގޮސް އަގުޅި ޖެހުނީމަ އެމްޑީޕީއިން ހެދި ގޯސް މިހާރު މިގެންދަނީ ތަކުރާރުކުރަމުން. ގާނޫނުތައް ހަދައިގެން މުއިއްޒަށް ފައިދާވީ ނަމަވެސް ޑީޕް ސްޓޭޓެއް މިތާނގާއި، ދިވެހި ދައުލަތް އަނދިރި ދައުލަތަކަށް ބަދަލުވެއްޖެ. އީސް ނަޝީދުގެ ސިންޑްރޯމަށް ރައީސް މުއިއްޒުގެ ސިންޑްރޯމު ބަދަލުވެއްޖެ
ރައީސް ޔާމީން ވިދާޅުވީ ތިން ބާރު މިހާރު އޮތީ ރައީސް މުއިއްޒުގެ މުށު ތެރޭގައި ކަމަށާ އެހާ ހިސާބުން އިންޓަރގިރިޓިއާ މެދު ސުވާލު އުފެދޭ ކަމަށެވެ.