މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލަ ބަލަމުންދާ ރިޔާސީ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އާންމުން ކުރަމުންގެންދާ މުޒާހަރާއާ ގުޅުވައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މި މައްސަލައަކީ ފެށުނީއްސުރެ ޝައްކު އުފެދޭ ކަންތައްތަކެއް ހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުން، މިނިވަން ތަހުގީގެއް ކުރިއަށް ގެންދިއުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ ކަމަށާއި، އެ ކޮމިޝަނުން ނިންމާ ނިންމުމަށް ފުރިހަމައަށް ތަބާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެމްޑީޕީގެ 12 މެންބަރުން ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
އަމީން ވިދާޅުވެފައި ވަނީ ޔުމްނު ވެއްޓުނު ދުވަހު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
ކޮމިޝަނަކީ ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލި ކޮމިޝަނެއް. މިޒަމާނަކު އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ.
ރިޕްލައި