ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގެ އެޖެންޑާއާ ގުޅޭގޮތުން މަސްލަހަތު ގެއްލޭ ފަދަ ވާހަކަތަކެއް ފެތުރެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ޣަފޫރު މިފަދައިން ވިދާޅުވީ ރޭ އޮތް އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ވާާހަކަ ދައްކަން ފުރުސަތު ނުދޭން ނިންމި ނިންމުން ހޫނުވެ މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދި ޣަފޫރުގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ކަމަށް ރައްދުދެއްވައި ޣަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއަކީ ޕާޓީގެ މުހިންމު ދާއިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ތަރުތީބު ކުރެވިފައިވާ ޖަލްސާއެއް ކަމަށެވެ.
ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވަނީ ޕާޓީގެ ރައީސް އާއި ޗެއަރޕާސަންގެ އިތުރުން، ސިޓީތަކުގެ މޭޔަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުން ވާހަކަ ދެއްކެވުމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. މީގެ އިތުރުން ޖަލްސާގައި ވާޖަކަދެއްކުމަށް ހަމަޖެހިފައިވަނީ ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން،" ޣަފޫރު ލިޔުއްވާގައިވެ އެވެ.
ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމަށާއި، ޕާޓީގެ ކާމިޔާބީއާއެކު އެންމެހާ މެންބަރުން ބަދަހިކަމާއެކު ތިއްބެވުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ. ޕާޓީގެ އުންމީދަކީ މި ދަނޑިވަޅުގައި ހުރިހާ މެންބަރުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބިގެންދިއުން ކަމަށް ވަނީ ބުނެފަ އެވެ.
އީރާނުގެ ފައުޖުގެ ޖާސޫސީ ވެރިޔާ ޝަހީދުކޮށްލައިފި
މިފްކޯ އިން މަސްދަޅުގެ އަގު ކުއްލިއަކަށް ބޮޑުކޮށްފި
އުމުރުން ދުވަސްވުމުން މާބަނޑުވުމަކީ ނުރައްކާ ކަމެއްތަ؟