ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކު ބައެއް ހެކިތަކާއެކު ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް ކިޔައިދިން ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިޔުމެންޓްރީއާ ގުޅިގެން ހަތިމުގައި އަތްލުމަށްފަހު ދޮގު ކުރާނަމޭ ވިދާޅުވާން އެމަނިކުފާނަށް ކެރިވަޑައިނުގަތުމަކީ އެތަކެއް ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު ޕީއެންއެފް އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި މީގެކުރިން ވެސް އެހެން ތުހުމަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ރައީސް މުއިއްޒާ ސުވާލުކުރުމުން ހަތިމުގައި އަތްލައި ހުވާކުރަން ތައްޔާރު ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެފަދައިން ވިދާޅުވާން ނުކުރެމުން އެތަކެއް ވާހަކަތަކެއް ބުނެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެކުރިން މިކަހަލަ ކަންތައްތަކަށް ދެފަރާތް ހޯދާ ބަލާފައި، ކޮބާހޭ މުސްހަފް، ތިމަންނަ ހުވާކުރަން. މި މައްސަލައިގަ ނެތޭ މުސްހަފް. މުސްހަފް ހޯއްދަވާކަށް ނޫޅުއްވާ. އެހެންވީމަ ދެޓް އޯލްސޯ ޓެލްސްއަ ލޮޓް،" ޔާމީން ވިދާޅުވި އެވެ.
އައިޝާ ޑޮކިޔުމެންޓްރީއާ ގުޅިގެން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މ. ދިމްޔާތު، މުހައްމަދު މުއިއްޒަށް ގަޒުފުކޮށްފައިވާ ކަމުގެ ދައުވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދަށް އުފުލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ކަންހިނގައިދިޔަ ގޮތުގެ ތަފްސީލް ކިޔައިދޭން އެދުމުން ފުލުހުން ވަނީ އެ ފުރުސަތު ދެވެން ނެތް ކަމަށް އަންގާފަ އެވެ.
ގިނަ ބަޔަކު ތުހުމަތު ކުރަނީ އެއީ ރައީސް މުއިއްޒާ ގުޅޭ އިތުރު ކަންތައްތަކެއް ހާމަވެދާނެތީ، ފުލުހުން ނިންމި ނިންމުމެއް ކަމަށެވެ.
އައިޝާ ޑޮކިޔުމެންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ކުރި ތުހުމަތުތަކަށް ރައީސް މުއިއްޒު ވަނީ އިންކާރުކުރައްވާފަ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ސްކްރީންތަކުން ކުޑަ ކުދިންގެ ސިކުނޑިއަށް ނޭދެވޭ އަސަރުކުރޭ!
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި

އެހެން ގައުމެއްގަނަމަ ރައީސުގެ މައްސަލަބަލާނެ. ތިޔައައިޝާ އެކިޔައިދިން ކަންކަމުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކުގެ ވާހަކަ ފިޔަވައި ހުރިހާވާހަކައެއްބަރާބަރައް އެބަދިމާވޭ. ޢެހެންވީމަ ތަހުގީގެއްހިންގަންޖެހޭ. ފޯނުވެސް ޗެކުކުރަންޖެހޭ. ރައީސަކީ ދިވެހިހުރިހާ ރައްޔިތުނަނަށް ޖަވާބުދާރީވާންޖެހޭ ﷲ ގަންދީ ހުވައެއް ކޮއްގެންހުރިމީހެއް. ސެކުސް ކުރުމަކީ ޒިނޭއެއްނުން. ގަޒުފުގެ ވާހަކަ އަންނާކަށް ނުޖެހޭ. ސެކުސް ގެމާނައޭނަ ކުރިގޮތެއް އެގޭނީ ޝަރީއަތުން. އެއަންހެން ކުއްޖާޒިނޭކުރިކަމައް ބުނާމީހުން އެކުރަނީ ގަޒުފު.