ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތު ކުރާ އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު 10:00 ގައި ފެށި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކޯޓުން ސިއްރުކޮށްފައި ވާތީ، މީޑިއާތަކަށް އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތެއް ނުލިބެ އެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ އެވެ.
އިބްތިދާ އަޑުއެހުމަށް ވަކީލަކާއެކު އީޝާ ކޯޓަށް ހާޒިރުވި އެވެ. އަދި ދައުވާގެ ލިޔުންތައް އީޝާއާ ހަވާލުކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ސިއްރު ތިން ހެކި ތިބި ކަމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ ސިއްރު ހެކި ބަލައިނުގަތުމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރުމަށް ފަހު މިއަދު އަޑުއެހުން ގާޒީ ވަނީ ނިންމާލައިފަ އެވެ.
އަދަދު ނޫހުގެ މި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާއިރު، މަސްދަރު ހިމާޔަތް ކުރުމަށް ތަހުގީގުގައި ހަނު ތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
ވެރިންގެ މުސާރަ ބޮޑުކުރުމުގެ ނިންމުން ބަދަލުކުރަން ގޮވާލައިފި
އީޝާގެ މައްޗަށް ގަޒުފްގެ ދައުވާކޮށްފި
ވަގުތު ޖެހުމުން ހުރިހާ ކަމެއް ފަޅާއަރުވާލާނަން: އީޝާ
ފުލުހުންގެ ތަހުގީގަށްފަހު އީޝާގެ މާނަފުން މެސެޖެއް
ހަޔާ އެޑިޔުކޭޝަންގެ އެސްޕީޑީ ކަމުން އީޝާ ވަކިކޮށްފި