އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭ ހުށަހެޅި އިސްލާހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެއެއް ހަމަޖައްސަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ވަކިވަކި ހުށަހެޅި ދެ ބިލު ކޮމިޓީއިން ފާސްކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހުގަ އެވެ. އެހަމަލާގައި ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ޖަރުމަންވިލާތުގައި ފަރުވާ ހޯދަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދެމުންދާ ސެކިއުރިޓީ ވަރުގަދަކުރަން ޤާނޫނު އިޞްލާޙުކުރަން ހުށަހަޅާފައިވާއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.
ބޯންޖެހޭނެ ބޯންވާނެ އެކުދިން ނުބޮއި ސަލާމަތެއް ނުވާނެ.އެންމެނަކު ހަމާގަ ތިބެން އަބަދަކު ބޭނުން ނުވެދާނެ .ހަމައިން ނެއްޓޭ ގަޑި ގަޑި އިރުއިރު ވަގުތު ވަގުތު އަންނާނެ.އެކުދިން ނުބޯނެ ކަމަށް އަހަރުމެން ބައެއް ފަހަރު ހަމާގަ ތިބޭ މީހުން ދެކޭނެ ކަމަކުނެތޭ. އެކުދިންނަށް ފަސޭހައިން ރައްކާތެރި ކަމާއެކު އެކަން ކުރަން ރަސްމީ ގެއެއް ހަމަޖައްސަން ފެނޭ.