މާލޭގެ އިރުމަތީ ފަރާތު އާޓިފިޝަލް ބީޗު ސަރަހައްދުން އުދައަރަމުގެ މައްސަލައަށް ހައްލެއް ގެންނަށްޖެހޭ ކަމަށާއި އެކަމުގެ ދާއިމީ ހައްލެއް ގެނެވޭނީ ސަރުކާރަށް ކަމަށް މާލެގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ރާވާފައިހުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މާލޭގެ އިރުމަތީ ފަރާތުން އުދައަރަމުން އަންނަ ކަމަށެވެ.
އުދައެރުމުން ލިބޭ ގެއްލު ކުޑަ ކުރުމަށްޓަކައި ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިކަމަށް ދާއީމީ ހައްލެއް ގެނެވޭނީ ސަރުކާރުގެ ތެރެއިން ކަމަށާއި އެކަމަށްޓަކައި ޕްލޭނިން މިނިސްޓްރީއެކު މަޝްވަރާތައް ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލެ އިރުމަތީ ފަރާތުން އިއްޔެ އާއި މިއަދު ވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފަ އެވެ. އެގޮތުން މިއަދު އުދައެރުމުގެ ސަބަބުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުން ފެށިގެން މަޖީދީ މަގު ޖަންކްޝަނާ ހަމަޔަށް ވަނީ ފެންބޮޑުވެފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދޭތެރެއިން މާލެއަށް އުދައަރާކަން ފާހަގަ ކޮށްލެވެ އެވެ.
ތިޔަބޭފުޅުން ވެރިކަމުގަ ކީއްވެ ނުކުރީ!