ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ކެމްޕޭނުގައި ބައިވެރިވުމަށް އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފި އެވެ.

ޕީޕީއެމުން ބުނީ ‏ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވާފައިވާކަމަށެވެ.

މިސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީއަށް ރަސްމީ ގޮތެއްގައި ކެމްޕޭނުގައި ބައިވެރިވުމަށް ދައުވަތު ދީފައިނުވި ނަމަވެސް މިކެމްޕޭނު ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައު ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ވަނީ އިދިކޮޅު ކޯލިޝަނުން ދައުވަތު ދީފަ އެވ.

ޕީޕީއެމުން ބުނި ގޮތުގައި މި ކެމްޕޭނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް އެ މައްސަލަތައް ހައްލުކުރުމެވެ.

އިދިކޮޅު ކޯލިޝަންގެ މެމްބަރުން މީގެ ކުރިން ވިދާޅުވެފައިވަނީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭ އެތަކެއް އަމަލުތަކެއް ހިންގާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީއަށް ދައުވަތު ނުދިން ނަމަވެސް އެޕާޓީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް ނަޝީދު އާއި ރައީސް ސޯލިހު އާއި ދެމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތް ކަމަށާއި ޕީޕީއެމްއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ ރައީސް ނަޝީދުއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.