އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު، "ބެލް ބޮޓޮމް"ގެ ޓްރެއިލާ ދައްކާލައިފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.
ގިނަ ބަޔަކަށް އެ ރޯލް ކުޅެފައިވާ އެކްޓްރެސް ދެނެގަންނަންވަނީ ނޭނގިފަ އެވެ. ލާރާ ދައްތާ ފެނިގެންދާ މި ރޯލްވަނީ އެއްމެން ހައިރާން ކޮށްލައިފަ އެވެ.
މި ރޯލަށް ލާރާ ވީތައްޔާރީއާ މަސައްކަތުގެ ވާހަކަ ދިއްލީގައި ބޭއްވި ޓްރެއިލާ ލޯންޗުކުރި އިވެންޓްގައި ވަނީ ދައްކައިފަ އެވެ.
އޭނާ ބުނީ އެއްވެސް މީހަކަށް ފިލްމުގައި އޭނާގެ ރޯލް ދިމާކޮށްފިނަމަ އެ މީހެއްގެ މުޅި އާއިލާ ހިލޭ ތިއޭޓަރަށް ގެންދާނެ ކަމަށެވެ. އިންދިރާ ގާންދީ ހުންނަ ގޮތައް ސާރީ އަޅައިގެން ބޮލުގެ ބައެއްގައި ނުރަ ޖައްސާފައި ހުންނަ ގޮތައް މި ފިލްމުގައި އެކްޓްރެސް ފެނިގެން ދެ އެވެ. ބެލް ބޮޓޮމްގައި ދައްކުވައިދެނީ އިންދިރާ ގާންދީގެ ދައުރުގައި ހިނގައިދިޔަ ހައިޖެކްގެ ހާދިސާއެކެވެ.
ލާރާ އިތުރަށް ވާހަކަ ދައްކަމުން ބުނީ މި ރޯލްކުޅެން އޭނާއަށް ގުޅުމުން ސުކްރިޕްޓް ނުކިޔާ ރޯލް ކުޅުމަށް އޯކޭ ދިން ކަމަށާއި އިންދިރާ ގާންދީ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ކުޅުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ. މި ރޯލްކުޅުނީ ވަރަށް ކުޅޭ ހިތުން ކަމަށާއި ފުދޭވަރެއްގެ ތަހުގީގަކާއި ތަމްރީނުތަކެއް ހެދިކަމަށް ވެސް އެކްޓްރެސް ބުންޏެވެ.
"152 ބިލިއަން ހަރަދުކުރިއިރު ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް"
ހުޅުމާލެއިން ނުއަގުގައި މީހަކަށް ބިމެއް ވިއްކި މައްސަލައެއް
ނޯރާގެ މައްޗަށް 3 ކްރޯޑްގެ އަބުރުގެ ދައުވާއެއް އުފުލައިފި

"ބެލްބޮޓަމް"ގެ ޓްރެއިލާ ދައްކާލައިފި