ބާލީހާއިނުލައި ނިދުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކުރަން އުނދަގޫ ކަމެކެވެ. ގިނަ މީހުންނަށް ބާލީހެއް ބޯދަށުގައި ނެތްނަމަ ނުވެސް ނިދޭނެ އެވެ. ބާލީހާއި ނުލައި ނިދުމުން ލިބޭ ފައިދާ ވަރަށް ވެސް ގިނަ އެވެ. މި ގޮތުން ލިބޭ ހަތަރު ފައިދާއަކަށް ކުރުކޮށް ބަލާލާނަމެވެ.

  1. ބޮލުގައި ރިއްސުން ކުޑަވުން ނުވަތަ ބޮލުގައި ރިއްސުން ރަނގަޅުވުން

ބައެއް ފަހަރު ނިދާ ހޭލާއިރު ބޯ އަނބުރާ ބޮލަށް ތަދުވާ ގޮތްވެ އެވެ. ނަމަވެސް ބާލީސް ނުލައި ނިދުމުން މިކަމަށް ހައްލެއް ލިބިދެ އެވެ. އެހެންކަމުން ބޮލުގައި ރިއްސާނަމަ އަޖުމަ ބަލާލުމަށް ބާލީސް ނުލައި ނިދާލުން ބުއްދިވެރި އެވެ.

ނިދުމަށް ބޭނުން ކުރާ ބާލިހަކީ ރަނގަޅު ބާލީހެއް ނޫން ނަމަ ތިމާއަށް ގެއްލުންތަކެއް ލިބިގެންދާނެ

2. ކަރަށް ތަދުވުމާއި ބުރަކަށީގެ ރިހުން ކުޑަވުން

ބައެއް ފަހަރު ނިދަން އޮވެވޭ ގޮތަކުން ގައިގަ އާއި ކަރަށްއަރާ ތަދުތައް، ބާލީސް ބޯދަށައް ނުލައި ނިދުމުން ކުޑަވާ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ. އަދި ހަމަ އެހެންމެ މުޅިން އެއްކޮށް ރިހުން ފިލާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

3. މޫނުގައި ރޫޖެހުން އަދި ބިހިނެގުމުން ދުރުކޮށްދޭ

މިއީ ބާލީހަކާ ނުލައި ނިދާ ބައެއް ފަރާތްތަކުން ބުނެފައިވާ އެއްޗެކެވެ. އެގޮތުން ބާލީހުގައި ބޯ އަޅައިގެން ނިދުމުން މޫނުގައި ހުންނަ ހުރިހާ ޖަރާސީމެއް އަދި ތެޔޮތައް ހަންގަނޑުގެ ތެރެއަށް ވަދެ މޫނުގައި ބިހިނެގުމަށް ފުރުސަތު ބޮޑުވެ އެވެ.

ނިދުމަށް ބޭނުން ކުރާ ބާލިހަކީ ރަނގަޅު ބާލީހެއް ނޫން ނަމަ ތިމާއަށް ގެއްލުންތަކެއް ލިބިގެންދާނެ

4. ނިދަން ފަސޭހަވުން

ބާލީހާއި ނުލައި ނިދާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބާލިސް ނުލައި ނިދުމުން ނިދަން ފަސޭހަވުމާއެކު ގިނައިރު ނިދެ އެވެ. މީގެ އިތުރުން ފުން ނިއްޖެއް ލިބޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އަބަދު ބާލީހުގައި ބޯއަޅައިގެން ނިދާ މީހަކަށް ބާލީހާ ނުލައި ނިދުމަކީ ވަރަށް ވެސް އުދަނގޫ ކަމަކަށް ވާނެ އެވެ. އެހެންކަމުން މިކަންތައް އާދަ ކުރުމަށްޓަކައި ފައްޖަހާފައިވާ ފޮތިގަނޑެއް ބޯދަށް ލައިގެން ނިދުން އަދި ބޮލާއި، ކަދުރާއާއި ބުރަކަށި ސީދާ ކޮށްގެން އޮތުން ފަދަ ކަންކަން ކުރެވިދާނެ އެވެ.