ގިނަ ފަހަރަށް އަހަރެމެންނަށް ހީވެފައި އޮންނަނީ އެންމެ ފަސޭހައިން ބަރުދަން ލުއި ކޮއްލެވޭނެ ގޮތަކީ ނުކައި ހުރުން ކަމަށެވެ.
ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ބަރުދަން ލުއިވުމުގެ އިތުރުން ސިއްހަތައް ވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ޑައިޓީޝަނެއްގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހެނދުނުގެ ނާސްތާ ނުކައި ދޫކޮށް ނުލާށެވެ. ހެނދުނުގެ ނާސްތާއަކީ ދުވަސް ފެށުމައް ވަރަށް ވެސް މުހިއްމު އެއްޗެކެވެ.
ގިނަ މީހުން ހެނދުނުގެ ނާސްތާގެ ގޮތުގައި ކަޅުކޮފީ ތައްޓެއް ބޯލައިގެން ހުރެ އެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ހެނދުނުގެ ނާސްތާއަށް ރަނގަޅު ކާނާ ކައިގެން ހުންނާށެވެ. ހެނދުނު ހުސްބަނޑާ ހުންނަ ނަމަ ދުވަހުގެ އެހެން ވަގުތުތަކުގައި ބޮޑަށް ވަރުބަލިކަން އިހުސާސްވެ ބަނޑުހައިވާނެ އެވެ. އެހެންވީމާ ހެނދުނު ނާސްތާގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން ރަނގަޅުވާނެ އެވެ.
ގަޑިން ގަޑިޔަށް ކެއުމަކީ ކެލޮރީސް އަދި ފެޓްސް ވިރިގެންދާ މިންވަރު އަވަސްވެގެން ދާނެ ކަމެކެވެ. އަދި ހަމަ އޭގެ އިތުރުން ބޭކާރު ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުމުން ދުރުކޮށްދޭނެ ކަމެކެވެ. މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ ކެލޮރީސް އަދި ފެޓްސްގެ ބައި މަދު ކާނާއަކަށް ވުމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ. އަދި ހަމަ އެޔާއެކު މޭވާ އާއި ތަރުކާރީގައި ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ފައިބާ ހިމެނުމުގެ ސަބަބުން ހަށިގަނޑުގެ ވަރު ދެރަވުން ކުޑަކޮށްދޭނެ އެވެ.
ކަސްރަތަކީ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްކަމެވެ. ހަމައެކަނި ޑައިޓް ޕްލޭނަކަށް ފޮލޯކޮށްގެން ކަސްރަތާ ނުލާ ބަރުދަން ލުއި ކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަނގަޅު ޑައިޓް ޕްލޭނަކަށް ގިނައިން ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ.