އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮންނަ މެމްބަރުންތަކެއް ކޮށްފި އެވެ.

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ގައުމީ މަޖިލީހން މެމްބަރުން އިންތިހާބުކުރީ ރޭ ބޭއްވި ގައުމީ މަޖްލީހުގެ ޖަލްސާގައި އެވެ. މި ޖަލްސާގައި 124 މެންބަރުން ބައިވެރިވެވަޑައި ގެންނެވި އިރު ފަނޑިޔާރުންގެ މަޖިލީސް އިންތިޚާބު ކޮށްފައިވަނީ ސިއްރު ވޯޓަކުންނެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް 18 މެމްބަރުން ވާދަކުރެއްވިއިރު އެ މަޖިލީހުގައި ތިބެނީ ނުވަ މެމްބަރުންނެވެ.

ކޮމެޓީއަށް އިންތިހާބުވެފައިވަނީ:

  1. އަހްމަދު ރިޝްވާން
  2. ފާތިމަތު އިނާޝާ
  3. ހުސެއިން ރަޝީދު
  4. އިބްރާހިމް މުހައްމަދު ދީދީ
  5. އަހްމަދު މައުރޫފު
  6. ނައުޝާދު އަބްދުލް އަޒީޒް
  7. އަހްމަދު ނިޝާދު
  8. އާދަމް މާހިރު
  9. އަނަސް އަބްދުއް ސައްތާރު

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީސް ރޭ އިންތިޚާބު ކޮށްފައިވާއިރު، އެ މަޖިލިސް މިހާރު ކޮންޓްރޯލްކުރައްވަނީ ރައީސް ސޯލިހް އެވެ. މިއީ އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދުނު ފަހުން ބޭއްވި އެތެރޭގެ އެންމެ ފުރަތަމަ އިންތިހާބު އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހުއާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ ހައުމީ މަޖިލީހުގެ އިންތިޚާބު އަންނަ ސެޕްޓެންބަރު މަހު ބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.