އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 14" ކާމިޔާބުކުރި ޓީވީ ބަތަލާ ރުބީނާ ދިލައިކް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ރުބީނާ އާއެކު އޭނާގެ ފިރިމީހާ އަބީނާވް ޝުކުލާ ވެސް ރާއްޖެ އައިސްފައިވެ އެވެ. ރުބީނާ ރާއްޖޭ އައިސްފައި މިވަނީ އަބީނާވްގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ.

ވައްކަރު މޯލްޑިވްސް ރިސޯޓުގައި ރުބީނާ ޗުއްޓީ ހޭދަކުރަމުން އަންނައިރު އެ ރިސޯޓުގައި އަބީނާވްގެ އުފަން ދުވަސް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

https://www.instagram.com/p/CUVKB7KpVda/

އިންސްޓަގްރާމް ސްޓޯރީގައި ރުބީނާ ވަނީ ފިރިމީހާ އަބީނާވް ޝުކުލާގެ އުފަން ދުވަހުގެ ކޭކު ފަޅައި ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ. އަދި ކަންތައްތައް ތައްޔާރު ކުރެވިފައިވާލެއް ފުރިހަމަ ކަމުން ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

https://www.instagram.com/p/CUaHcxwJI6o/

ރުބީނާ ދިލައިކްއާއި އޭނާގެ ފިރިމީހާ އަބީނާބް ޝުކުލާ ބިގް ބޮސް 14 ގައި ބައިވެރިވެފައިވެ އެވެ. ރުބީނާ ބުނެފައިވާ ގޮތުގައި އެ ދެމަފިރިން ބިގްބޮސްގައި ބައިވެރިވީ ކައިވެނި އިތުރަށް ހަރުދަނާކޮށް އެގުޅުމަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ.

https://www.instagram.com/p/CUUxFBvpaOD/

ރުބީނާމެން ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިރު މީގެ ކުރިން "ބިގް ބޮސް 14" ގައި ބައިވެރިވި ރާހުލްވެސް އޭނާގެ އަންހެނުންނާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ވަނީ އައިސްފަ އެވެ.

ރޫބީނާ ވަނީ އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޕޯސްޓަރެއް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކޮށްފަ އެވެ. އަދި އެ ފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރުބީނާ ބޮލީވުޑަށް ނުކުންނަނީ "އަރްދް" ކިޔާ ފިލްމަކުންނެވެ.