އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ވެބް ސީރީޒް "ބީވުން"ގެ ޓީޒާ ރިލީޒްކޮށްފި އެވެ.

މޭޓް ސްޓޫޑީއޯއިން ގެނެސްދޭ މިސީރީޒް އަކީ މުހައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ އަސަރު ގަދަ ތިނެއްކަން ލޯބީގެ ޑްރާމާއެކެވެ.

މަޝްހޫރު ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކުރާ މި ވެބް ސީރީޒްގެ ޓީޒާ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ވަނީ ހިއްސާކޮށްފަ އެވެ.

https://www.facebook.com/100009451290704/videos/556453162098481

13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ސީރީޒްގައި ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ ދެ ފަންނާނުން ކަމަށްވާ މަރިޔަމް ޝިފާ އާއި އަހްމަދު ޝަރީފް އެވެ. މީގެ އިތުރުން އަލީ ސަމީލް، ފާތިމަތު ލަތީފާ، ޔޫޝައު، މަރްޔަމް ޙަލީމް، ސާނާ ފެނިގެންދާނެ އެވެ.

"ބީވުން"ގެ ޕޯސްޓަރުގެ އިތުރުން މިސީރީޒްގައި ހިމެނޭ ލަވައެއްވެސް މީގެ ކުރިން ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

"ބީވުން" ޕޯސްޓަރެއް

"ބީވުން" ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އާމިނަތު ރިނާޒާ އެވެ. ޑައިރެކްޝަންގެ އިތުރުން ކެމެރާ ކުރާނީ ޢަލީ ރަޝީދު އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި މަންޒަރުތައް ނަގަން ނިންމާފައިވާ "ބީވުން" އަންނަ މަހުގެ ތެރޭގައި ބެލުންތެރިންނަށް ފެނިގެންދާނެ އެވެ.