އިންޑިއާގެ އެންމެ މަގުބޫލު ރިއަލީ ޝޯ ކަމަށްވާ ބިގްބޮސްގެ 15 ވަނަ ސީޒަން މިހާރު ކަލާޒް ޓީވީއިން ދައްކަމުން އަންނައިރު އެޝޯއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މިފަހަރުގެ ޝޯ އެހެން އަހަރުތަކާ ހިލާފަށް "ޖަންގަލީ"ތީމަށް ގެނެސްދޭއިރު ޝޯގެ ތެރެއިން ތަފާތު އެކި ކަހަލަ ޑްރާމާތައް އަންނަނީ ފެންނަމުންނެވެ. އަދި ތަޅާފޮޅުތައް ވެސް ގިނަ ސީޒަންގެ ގޮތުގައި މިހާތަނަށް ބެލުންތެރިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

https://www.instagram.com/p/CVVomwVK4ZK/

މިހަފްތާ ފެށިގެން ދިޔައީ ބިގް ބޮސްގެ ބައިވެރިންނަށް އިތުރަށް ހިތް ނުތަނަވަސް ވާފަދަ ކަންތައްތަކާއެކު އެވެ.

އެގޮތުން ބިގް ބޮސް ރަސްމީ ގޭގައި ތިބި ބައިވެރިން އަލުން ވަނީ ބިގް ބޮސް ޖަންގަޔަށް ފޮނުވާލާފަ އެވެ. މީގެ އިތުރުން ދެ ބައިވެރިޔަކު ޝޯއިން ވަކި ކުރުމުގެ ބާރު ޝޯގެ ބައިވެރިންނަށް ވަނީ ދީފަ އެވެ. މިއާއެކު ޑޯނަލް ބިޝްޓް އާއި ވިދީ ޕާންޑިއާ ވަނީ ޝޯއާ އަލްވިދާއު ކިޔަން ޖެހިފަ އެވެ. މި ދެ ބައިވެރިންނަކީ ބިގް ބޮސް 15 ގައި އެންމެ މަދުން އެކިއެކި ޓާސްކްތަކުގައި ބައިވެރިވާ ބައިވެރިންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދެ ބައިވެރިންނެވެ.

ބިގް ބޮސް 15 ގެ ބައިވެރންގެ ތެރެއިން އެންމެ އަސްލާ އެއްގޮތަށް ޝޯގައި މަސައްކަތް ކުރަމުން އަންނަ ބައިވެރިން

ބިގް ބޮސް 15 ފެށިގެން 20 ދުވަސް ވެފައިވާއިރު އެކި ބައިވެރިންނަށް ބެލުންތެރިން ވަނީ މިހާރު ރިޕޯޓް ކާޑް ދީފަ އެވެ. އެގޮތުން ބިގް ބޮސް 15 ގައި އެންމެ އަސްލާ އެގޮތަށް އަމަލުތައް ބަހައްޓާ ކަމަށް ބެލުންތެރިން ބުނާ ބައިވެރިންނަކީ ޖޭ ބަންޝާލީ އާއި ކަރަން ކުންދުރާ އާއި އުމަރް ރިއާޒް އަދި ޕްރިތީކް ސެހަޖްޕާ އެވެ. މި ބައިވެރިންނަކީ ޝޯގައި އަސްލާ އެއްގޮތަށް އަބަދުވެސް ކަންކަމުގައި ބަސްބުނަމުން އަންނަ ބައިވެރިން ކަމަށް ބެލުންތެރިން ވަނީ ބުނެފަ އެވެ.

ބިގް ބޮސް 15 ގެ ބައިވެރންގެ ތެރެއިން އެންމެ މަޖާ ދެ ބައިވެރިން

މިފަހަރުގެ ސީޒަންގައި އެންމެ މަޖާ އަދި އެންމެ މުނިފޫހި ފިލުވައިދޭ ބައިވެރިން ގޮތުގައި ބެލުންތެރިން ހޮވާފައިވަނީ ތޭޖާސްވީ ޕްރަކާޝް އަދި ވިޝާލް ކޯޓިއަނެވެ. މިދެ ބައިވެރިންނަކީ ބިގް ބޮސް ފޭނުގެ މެދުގައި ވަރަށް މަގުބޫލު ދެ ބައިވެރިންކަން ފާހަގަ ކޮށްލެވެ އެވެ.

އެންމެ ފޭކް ކަމަށް ބެލުންތެރިން ނިންމާފައިވަނީ "ބިގް ބޮސް 15" ޝޯގެ ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މައިޝާއާ ލީޝާން އެވެ.

https://www.instagram.com/p/CVVga_lrLzL/

އަދި އެންމެ ފޫހި ބައިވެރިންގެ ގޮތުގައި މިހަފްތާގައި ޝޯއާ އަލްވަދާއު ކީ ޑޯނަލް އާއި ވިދީ އަދި ޝިމްބާ ވަނީ ހިމެނިގެން ގޮސްފަ އެވެ.

މިހަފާތާގައި ވެސް ބިގް ބޮސް ގޭގެ ތެރެއިން ތަފާތު އެކި ހާދިސާތައް ހިނގާފައިވާއިރު ކެޕްޓަން ކަމަށް މި ހަފްތާގައި ފޮވާފައިވަނީ ނިޝާން އެވެ.