މިހާތަނަށް މުޅި ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ފެން އަރުވާ ވަޑާމުގެ ސެންޓްރަލް ޕާކުގެ ބޮޑު ބައެއް ނިންމީ ނިމި ދިޔަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ބިޔަ މަޝްރޫއު ރޭވުމާއި ސޮއިކޮށް، އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު ކަމަށެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިންމާލެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވަނީ ސަރުކާރު ބަދަލުވި ފަހުން މި މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަން ފާހަގަކުރައްވާފަ އެވެ. އަދި ބޮޑު ބައެއް ނިންމައި ހުޅުވަން ތައްޔާރުވި މަސައްކަތް އިތުރަށް ލަސްވެގެން ދިޔަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެތަން ހުޅުވީ ރޭގައި އަދި ކިރިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ވަގުތެއްގައި މި ފެން އަރުވާ ވަޑާމު ހުޅުވާފައިވާއިރު، އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ފެންވާރުގެ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

20،021 އަކަފޫޓުގެ ސަރަހައްދެއްގައި މި ފެން އަރުވާ ވަޑާމުގެ ތަރައްގީކޮށްފައިވާއިރު، ފެންވާރު ހަދާފައިވަނީ މިއުޒިކާއި ތަފާތު ކުލަ ކުލައިގެ ލައިޓްތަކާއެކު އެކި ސްޕީޑުގައި އަރުވާ ގޮތަށެވެ.