ކަލާޒް ޓީވީއިން ދައްކަވަމުން އަންނަ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 15" ބައިވެރިއެއް ކަމަށްވާ ޝަމީތާ ޝެޓީ ސިއްހީ ސަބަބުތަކާއި ހުރެ އެ ޝޯއިން ނިކުންނަން ޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިއްހީ ސަބަބުތަކާއި ހެދި ޝޯއިން ނިކުންނަށް ޖެހުނުއިރު އޭނާގެ ސިއްހީ ހާލަތު އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ޓެސްޓްތަކެއް ހެދުމަށް ފަހު އަލުން ޝަމީތާ ޝޯއާ ގުޅޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޝަމީތާ މިފަހްތާ ފެށިގެންދާއިރު "ބިގް ބޮސް 15" އިން ނިކުންނަން ޖެހުނުއިރު މިދިޔަ ހަފްތާ ނިމިގެން ދިޔައީ އާދަޔާ ހިލާފަށް ދެ ބައިވެރިޔަކު ޝޯއިން ވަކިވެގެންނެވެ. އެގޮތުން ޝަމީތާގެ ލޯބިވެރިޔާ ކަމަށްވާ ރާކޭޝް ބަޕަޓް ސިއްހީ ސަބަބުތަކާއި ހެދިގެން އޭނާ ވަނީ ޝޯ ދޫކޮށްލާފަ އެވެ. ރާކޭޝް "ބިގް ބޮސް 15" އާ ގުޅުނީ ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ދެން ޝޯ އާ އަލްވަދާއު ކިޔާފައިވަނީ ޕަންޖާބީ ލަވަކިޔުންތެރިޔާ އަފްސާނާ ހާން އެވެ. އަފްސާނާ "ބިގް ބޮސް 15" އިން ބޭރުވެގެންދިޔައީ އޭނާގެ އަމަލުތަކުގެ ސަބަބުންނެވެ. އެޝޯގެ ބައިވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ވަޅި ނަގާ ބައިވެރިންނަށް އޭނާ ވަނީ ބިރު ދައްކާފަ އެވެ.

https://www.instagram.com/p/CWTIcAljSQD/

ނިމިގެން ދިޔަ ހަފްތާގައި ތަފާތު އެތަކެއް ހާދިސާތަކެއް "ބިގް ބޮސް 15" ހައުސް ތެރޭގައި ވަނީ ހިނގާފަ އެވެ. މިހާރު ވަނީ ވީއަޕީ އޭރިޔާއެއް ހެދުމަށްފަހު ވަކި ބައިވެރިންތަކެއް ވީއަޕީންނަށް ހަދާފަ އެވެ. އެގޮތުން މިހާރު ވީއަޕީ ބައިވެރިން ތެރޭގައި ތިބީ ވިޝާލް ކޯޓިއާ، ތެޖަސްވީ ޕްރަކާޝް، ނިޝާތް، ކަރަން ކުންދުރާ އަދި އުމަރް ރިއާޒް އެވެ.

މިދިޔަ ހަފްތާ ތެރޭގައި އެކުވެރިން މެދުގައި މައްސަލަތަކެއް ޖެހި، ހަތުރުން އެއް ގަލަކަށް އަރާފައިވާކަންވެސް ފާހަގަ ކޮށްލެވެ އެވެ.