ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އަބަދުވެސް އެންމެ މުހިއްމު ވަގުތުގައި އެކުގައި ހުންނެވި ކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ވަނީ ރައީސް ޔާމީންގެ ރަނިންމޭޓްގެ ހައިސިއްޔަތުން 2013 ވަނަ އަހަރު ޕީޕީއެމްގެ ކެމްޕޭންގައި ބުރަ މަސައްކަތްތަކެއް ކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. އަދި މިފަހަރުގެ ޝަރީއަތުގައި ވެސް ކްރިމިނަލް ކޯޓުން ފެށިގެން ހުރިހާ މަރުހަލާއެއްގައި ވެސް ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވީ ވެސް ޑރ. ޖަމީލެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ބާތިލުކުރެއްވުމާ ގުޅިގެން ފޭސްބުކް ސްޓޭޓަސްއެއްގައި ޑރ. ޖަމީލް ވިދާޅުވީ "އަބަދުވެސް އެންމެ މުހިއްމުވަގުތުގައި އެކުގައި، ޚިދުމަތުގައި. ރައީސް ޔާމީނަކީ ހަމައެކަނި ގާތް ރަޙްމަތްތެރިއެއް ނޫން. މުރުޝިދެއް، ގައުމީ ބަޠަލެއް،" ކަމަށެވެ.
2013 ވަނަ އަހަރުގެ ކެމްޕޭންގެ ބައެއް ފޮޓޯތަކާއެކު، ޑރ. ޖަމީލް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ލީޑާޝިޕް ގައުމަށް މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވައިފަ އެވެ. އަދި މުޅި ލީގަލް ޓީމަށް މަރުޙަބާ ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތިއީވެސް ހަމަ ކަސޯޓީއެއް. ޑުރާމާ ގެ ބޮޑެއް. ޔޫޓޫބުން ބަލައިލާ ޔާމީނާ ދެކޮޅަށް ދެއްކި ދޮގު ވާހަކަތައް. ބޯ ހަލާކުl
މަމެންގެ ގަޓް ރައީސް ދޫވުމުން ތަމެން އިށީނދެގެން ތިބި ގޮނޑިން އަގަވަތަށް ވައްޓާލާނަމޭ އާރުކޭ 65 ވެސް އެ އާރުކޭ 65 އިށީނދެގެން ތިބި ގޮނޑިން ވައްޓާލާނެ ދުވަސް ގާތް ވަނީއޭ މަމެން ޕިންކީން ކަމްބެކް ކުރާ ދުވަސް ގާތްވަނީއޭ މަމެން ތަމެންގެ ކައްޕަޅި ވާނުވާ ގަމާރުން ހިންގާ ސަރުކާރުގައި ބުނިން ނޫންތޭ ވެން އިޓް ކަމްސް ޓު ޕިންކީންސް ޑޯން ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ޖަމްޕް ޖަމްޕް ޖަމްޕް ޑާންސް ޑާންސް ޑާންސް އޯއް އޯޕަން އަޕް ޔުއަރ މައިންޑް...
އަސްލު ޔާމީނުގެ މިތުރަކީ ޖަމީލު