ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް އެމަނިކުފާނު މިނިވަންވުމުގެ އުފަލުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ރައްޔިތުންގެ ބުރަ އަދި މިންނެތް މަސައްކަތުން ރައީސް ޔާމީން މިނިވަންވެ ވަޑައިގެންފައިވާކަން ފާހަގަކޮށް އެކަމުގެ އުފާ ފާޅުކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެންމެހާ ރައްޔިތުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުއަރުވަމުން ޝުޖާއު ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެރޭ 8:30 ގައި އަލިމަސް ކާނިވަލުގައި ކަމަށެވެ. އަދި މިހާއްސަ ޖަލްސާގައި ޕީޕީއެމްގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވައި، ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އޭގެ އިތުރުން މި ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލަށް ސިޓީ ހުށަހަޅާފައިވާނެ ކަމަށާއި، ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު މިހާރު ވަނީ ލިބިފައި ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
ޝުޖާއު ވިދާޅުވީ ވީހާ ވެސް ގިނަ ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަކީ އެ ކޯލިޝަންގެ އެދުމެއް ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅު އަޑު އަހަން ކެތްތެރިކަން ކޮޅުންލާފައި މިތިބީ. އެންމެ ވެސް ދާންވާނެ
މަޖްލީހުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަޖްލީހުގެ ރައީސް ކުރައްވާ ކަންކަމަށް މިނިސްޓަރުން ދެކޮޅު ހަައްދަވާނަމަ އެފަދަ މިނިސްޓަރަކު ޖެހޭނީ ސަރުކާރުން ބޭރުކުރަން މާބޮޑަށް އަސްލަންޓޭ ފުއްޕައިގެން އުޅެނީ އަސްލަންޓޭ އަކީ މާލެ ސަރަހައްދަށް ނިސްބަތްވާ މީހެއް ވެސް ނޫނޭ އިނގޭތޭ..