ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީން ބުނީ އަންނަ އޮކްޓޯބަރު މަހު އެޕާޓީގެ ރިޔާސީ އިންތިހާބހުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނިންމާފައިނުވާ ކަމަށް އެޕާޓީން ބުނެ އެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރާނެ ފަރާތްތަކުން ނަށް ހުށަހެޅުމަށް އަންނަ މަހުގައި ހުޅުވާލާނެ ކަމަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ރިޔާސީ ޓިކެޓަށް އެޕާޓީ ތެރެއިން ބައެއް ބޭފުޅުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފަ އެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވުމަށް މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ކަނޑައަޅާފަ އެވެ. ރިޔާސީ އިންތިޚާބުގައި މިހާތަނަށް ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާއި، އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް އެވެ.
ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި 120 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް
