ޕީޕީއެމްގެ ރައީސް ޔާމީން އެޕާޓީން ވަކިވެވަޑައިގެންނެވުމާއެކު ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންގެ ތާއިދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ކަން ހާމަކުރަން ފަށައިފި އެވެ.
ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތު ދުވަހު އެވެ. އެކަން އިއުލާން ކުރެއްވީ އެމަނިކުފަނުގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ. ޑރ. ޖަމީލް ވިދާޅުވީ އެ މަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ދެން ބައްޓަންވާނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށެވެ. އަދި ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފަހުން ޔާމީންގެ ފޯން ކޯލްތަކަށް ޑރ. މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔަމީން ޕާޓީ އިން ވަކިވެވަޑައިގަތުމުން ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ވަނީ ރައީސް ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅަލައިގެން ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި ސަފުތަކުގައި ކެރުމާއި އިހްލާސްތެރި ކަމާއެކު ސާބިތުވެ ހުރެ ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒު އާއި އެއްކޮށް ކުރިއަށް ދިއުމަށް ގޮވާލައްވާ ކަމަށް ގައްސާން ވިދާޅުވި އެވެ.
ރޭ ވަރަށް ދަންވަރު ފިޝަރީޒް މިނިސްޓާ އަހުމަދު ޝިޔާމް ވަނީ ވަރަށް ދިގުކޮށް އެކްސް ގައި ލިޔުއްވާ ޑރ. މުއިއްޒަށް ތާއިދު އޮތްކަން ހާމަ ކުރައްވާފަ އެވެ.
ޝިޔާމް ވިދާޅުވީ އެބޭފުޅާގެ އަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުއިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި އެމަނިކުފާނަށް އިތުބާރުކުރައްވާ ރައީސް ޑރ. މުއިއްޒު ހަވާލުކުރެއްވި ގައުމީ މަސްއޫލިއްޔަތު އަޅުގަނޑުގެ ލަޔާޣަތާ ގާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އަދާކުރުން ކަމަށެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވި އިރު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒާ އަބްދުއްރަހީމް ވިދާޅުވީ ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށެވެ.
ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާ ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ހުރިހާ ވަޒީރުން ވެސް ގެންދަވަނީ ރައީސް މުއިއްޒުއަށް ތާއިދު އޮތް ކަން ހާމަ ކުރައްވަމުންނެވެ. ރޭގެ ވަގުތެއްގައި ވަރަށް ގިނަ ވަޒީރުން އެކްސް ގައި ރައީސް މުއިއްޒުއަށް ތާއިދު އޮތް ކަން ހާމަ ކުރަމުން ދިޔަ އިރު ރައީސް މުއިއްޒުއަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަށް މުއިއްޒު އަންގަމުންދާ ކަމަށްވެސް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
ވެރިކަމަށް އައި ފަހުން ޕީޕީއެމް ހުއްޓިފައިވާ ކަމަށް ބުނެ ރައީސް ޔާމީން ވަނީ ސްޓްއަރިން ކޮމެޓީ އެއް އެކުލަވާލާފަ އެވެ. އެކޮމެޓީގައި އިސްކޮށް ހުންނެވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ރައީސް ޔާމީންގެ އެންގެވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މަލީހުއާ މެދު ފިޔަވަޅު އަޅާ އޭނާ ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ.
ޖަމީލަކީ ދުޝްމަނެއް މައްސަލަ އެއް ނެތޭ ދެން އަދުރޭ ބުނެދީފާނަންތޭ ރައީސް ޔާމީން ފޯން ކުރެއްވުމުން މުއިއްޒު ފޯން ނުނަގަނީ އެއީ ޖަމީލު ބުނެގެންތޭ ނޫންދޯ އެއީ އަދުރޭ ބުނެގެންދޯ އަދުރޭ ދަރި އަށް ވަޒީރު ކަން އަދި ދުވަހަކު ވެސް މާލީ ދާއިރާގައި މަސައްކަތް ނުކުރާ މީހަކަށް މާލީ ވަޒީރުކަން އެއީ އެންމެ މުހިއްމު ވުޒާރާ ދެން ޚާރިޖީ ވަޒީރު ކަން ދިނީ ދުވަހަކު ވެސް ޚާރިޖީ ދާއިރާ ނުދަންނަ މީހަކަށް މީ ޖަމީލު ބުނެގެންތޭ މިވަޒީރުން ނެގީ އަދުރޭ ހަދަނީ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ