ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ކަން އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިރު، ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވާދަވެރިންނާއި އެމަނިކުފާނަށް ފުރައްސާރަކޮށް މަލާމާތްކުރާ ހަތުރުންނަކީ ވެސް މަސައްކަތުގެ ބައިވެރިންނާއި އެހީތެރިންނެވެ. އެހެންވެ، އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އާސަންދައިގެ ހަރަދުތައް ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އަޅަނީ

އާސަންދައިގެ ހަރަދު ބޮޑުވާ އެންމެ ބޮޑު ސަބަބަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ފާމަސީތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ލިބޭ ގޮތަށް އޮތުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.އާސަންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީން ބައްދަލުވުމުގައި އާސަންދަ މެނޭޖިން ޑިރެކްޓަރު ޒީނިއާ ވިދާޅުވީ އެކުންފުނީގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭސްފަރުވާއަށް ވުރެ ބޮޑަށް ބޭސް ގަތުމަށް ކަމަށެވެ.

ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދިން ވާހަކަ ފިނޭންސް އިން ދޮގުކޮށްފި

މިސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓާ ހަވާލާދީ ނޮވެންބަރު 17 އިން 30 ގެ ނިޔަލަށް ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މީޑިއާގައި ދައުރުވަމުންދާ ހަބަރާ ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގަ އެވެ.

ސިފައިންގެ ހިދުމަތުން ދެ މޭޖާ ޖެނަރަލަކު ރިޓަޔާކުރައްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެމްޑީއެފް) އިން, މޭޖާ ޖެނެރަލް ރޭންކުގައި ތިއްބެވި ދެ ބޭފުޅަކު ރިޓަޔާ ކުރައްވައިފި އެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރިޓަޔާ ކުރައްވާފައިވަނީ މޭޖާ ޖެނެރަލް ހާމިދު ޝަފީގު އަދި މެޖޭ ޖެނެރަލް ވައިސް ވަހީދު ކަމަށެވެ.

ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންނަކީ މުހިއްމު ބައެއް: ސާޖިދާ

އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މީރުމާ މާލަމުގައި މިއަދު ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކޮށްފައިވަނީ ފާތިމަތު އިނާޔާ އެވެ. އެކަމަނާ އަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި އިއްޔެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާކޮށްފި

ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން ނެދަލެންޑްސްއާއެކު މަޝްވަރާކުރައްވައިފި އެވެ.

މާލޭގެ މޭޔަރުކަމަށް ސީޕީ ހުސައިން ވާދަކުރައްވަނީ އަމިއްލަ ގޮތުން

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސީޕީގެ މަގާމު އަދާކުރެއްވި ހުސައިން ވަހީދު އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފި އެވެ. ސީޕީ ހުސައިން އަމިއްލަ ގޮތުން މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ އޭނާ އެންމެ ފަހުން ސޮއިކުރެއްވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަދި ރަޖިސްޓްރީކޮށްފައި ނުވާތީ އެވެ.

މޭޔަރުކަމަށް ވާދަކުރަން އާޒިމާ ވެސް ފޯމް ހުށަހަޅުއްވައިފި

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރަން އާޒިމް ފޯމް ހުށަހަޅުއްވައިފި

މާލޭ ސިޓީގެ ކައުންސިލުން ހުސްވެފައިވާ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ. އާޒިމް މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުންނެވެ.