ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިތުރު ބައެއް ބޭފުޅުން އައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.

މިގޮތުން، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން އައްޔަނުކުރެއްވި މަގާމުތަކަކީ:

  1. މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް - ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް.
  2. މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ.
  3. މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން - ޢާއިޝަތު ޞަފޫރާ، ސ. ފޭދޫ، އީރާނުގެ.
  4. މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - މުޙައްމަދު ޛަހީން، ހއ. ކެލާ، އުފަންވެލި.
  5. މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ.
  6. މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް - އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު، ގއ. ދެއްވަދޫ، ނާރެސް.
  7. މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - ޢަބްދުﷲ ސަޢުދާން، މ. ޕެޓީބާރޑް.
  8. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް ޢަޛުރާ އަޙްމަދު، މ. ހުކުރަދިގެ.
  9. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަޙްމަދު ޢާޠިފް، އއ. ފެރިދޫ، ޝަބްނަމްގެ.
  10. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޢާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.
  11. މިނިސްޓާ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ.
  12. މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޢަބްދުއްލަޠީފް އަޙްމަދު ، ދަފްތަރު. ނަންބަރު ރސ 2345.
  13. މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް - މުޙައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110
ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު 65އަށް އެރި އިރު، ނައިބު މިނިސްޓަރުގެ އަދަދު ވަނީ 70އަށް އަރާފަ އެވެ.

ރައީސް އޮފީހަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހަ ބޭފުޅަކު މިހާތަނަށް އައްޔަން ކުރައްވާފައިވެ އެވެ. އޭގެ ތެރެއިން އެކަކަކީ، މިއަދު ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބް އެވެ.

ކެމްޕެއިންގެ ތެރޭ ރައީސް މުއިއްޒު ވައުދުވެޑައިގެންފައިވާ ގޮތުން، އެ މަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓާނެ އެވެ.

މިސަރުކާރުގައިވެސް ސިޔާސީ މަގާމުތައް ގިނަވާތީ ގިނަ ބަޔަކު މިހާރު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ދައުލަތް ދަރާފައިވާކަމަށް ބުނެ ކެމްޕޭން ކުރުމަށްފަހުވެސް ސިޔާސީ މަގާމުތައް ގިނަވާތީ ގިނަބަޔަކު ސަރުކާރަށް ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.