މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގަނެލައިފި އެވެ.

މިއާއެކު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ޕީއެންސީ އަށް އަލަށް ސޮއިކުރި ބޭފުޅުންގެ ފޯމާ ހަވާލުވީ ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

  1. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  2. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  3. މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
  4. އިސްދޫ ދާއިރާގެ އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
  6. ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
  7. މަތިވެރި ދާއިރާގެ ހަސަން ޒަރީރު
  8. މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
  9. ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
  12. ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
  13. ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

މާލެ ސިޓީ ކައުންސިލުން ހިންގި "ފިތްކަނޑައިގެންދާވަރުގެ" ކޮރަޕްޝަންގެ މައްސަލައެއް

ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)ގެ ސީދާ އާއިލީ މަސްލަހަތު އޮތް ބަޔަކަށް މާލޭ ރޯމަސް މާރުކޭޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ޔާމީނާ ގުޅޭ ވައުދު ފުއްދައިފި ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކުރެވިފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެއީ ސަރުކާރުން ޝަރީއަތް ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދުވަހު އެންމެ ކުޑަވެގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ޝަހީބު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ދެ ދަތުރުފުޅަށް ހަރަދުވީ ތިން މިލިއަން ރުފިޔާ

ރައީސް އޮފީހުން އިއްޔެ ހާމަކުރި މައުލޫމާތަށް ބަލާއިރު ނައިބު ރައީސް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް އަދި "ހިއުމަން ރައިޓްސް 75" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ 3،189،544.58 ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

މެމްބަރުން ގަނެވިއްކުމުގެ ކުޅިވަރު ރައީސް މުއިއްޒު ފައްޓަވައިފި: މީކާއިލް

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދަކީ ޕާޓީ ބަދަލު ނުކުރާނެ ކަމުގެ ވައުދު ކަމަށެވެ.

ސަރުކާރު އުނބަންޖަހައި، ބްލޮކް ކުރި ދެ ވެބްސައިޓް ދޫކޮށްލައިފި

ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ބުނެ އާންމުންނާއި ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެކަމުގެ ސަރުކާރުން ގެންގުޅޭ ސިއްރު ސިޔާސަތުތަކެއް މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ސަރުކާރުން ވެބްސައިޓްތައް ބްލޮކް ކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާނުލެވޭނެ ކަމަށް ބުނެ ސަލީމް ގަދަބަސް ބުނެފި

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ އެމްޑީޕީން އުޅެނީ ވެރިކަން ގެއްލުމާ ގުޅިގެން ރައްޔިތުން ހޮވި ސަރުކާރު ވައްޓާލުމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަށް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކާ ކުންފުނިން ބޮސްކާލިސް ފައިސާ ނުދޭ މައްސަލައެއް ފެންމަތިވެއްޖެ

ރަސްމާލެ ނަމުގައި ހިންގާ މަޝްރޫއު ބިޑަކަށް ނުލައި މި ސަރުކާރުން ދީފައި ވަނީ ގުޅިފަޅު ހިއްކައިގެން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން ސްރީލަންކާގެ ސިވަރާޖާ މަނިވަންނަންގެ ހިއްސާ އޮންނަ ސީއެމްސީ ކިޔާ ކަރުދާސް ކުންފުންޏަކާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރިޔަށް ގެންދަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނީގެ ޑްރެޖަރެއް ކުއްޔަށް ނަގައިގެންނެވެ.