މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އެމްޑީޕީން މޯލްޑިވިއަންއިން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވިއަނުން ބުނީ އެ މައްސަލައާ ގުޅިގެން އެމްޑީޕީއަށް މިދިޔަ މަހު ފައިސާ ދެއްކުމަށް ލިއުމުން އަންގައި ފައިސާ ދައްކަން ފުރުސަތު ދީފައިވާ ކަމަށާއި، ނަމަވެސް އެ ޕާޓީން އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
އެމްޑީޕީން ނުދައްކާ ހުރީ މިދިޔަ ރިޔާސީ އިންތިހާބުތެރޭ އެ ޕާޓީން އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓުތަކަށް އަރާ ފައިސާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ކޮށްފައިވާ 10 ދަތުރަށްވާ ފައިސާ އެވެ.
މިމައްސަލާގައި ފައިސާ ނުދައްކައިފިނަމަ ދައުވާކުރާނެ ކަމަށް މިދިޔަ މަހު ކުރީކޮޅު މޯލްޑިވިއަންއިން އެޕާޓީއަށް ލިއުމުން ވަނީ އަންގާފަ އެވެ.
މި ކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ
ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލްކުރަނީ
ސައޫދީއަށް ހޫސީން ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި
