މިއަދު މިގެނެސްދެނީ ކުޅިރަހަތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް ކަމުދާނެ ޑިޝް އެކެވެ. ފަސޭހައިން ހަދާލެވޭ މި ޑިޝް ތިޔަބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލީވް އޮއިލް
  • 1 ހުދު ފިޔާ ( ކުދިކޮށް ކޮށާފައި )
  • 3 ލޮނުމެދު ( ޗިސްކޮށްފައި )
  • 1 ދަޅު ޑައިސްޑް ޓޮމާޓޯ
  • 1 ދަޅު ކިޑްނީ ބީންސް ( ފެންކޮޅު ހުސްކޮށްލާފައި )
  • 1 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
  • 2 ސައި ސަމުސާ ދިރި
  • ¼ ސައި ސަމުސާ އަސޭމިރުސް
  • 3 ޖޯޑު ކުކުޅު ސުރުވާ
  • 2 ޖޯޑު ޕާސްތާ (މަޑު ކޮށްފައި)
  • 2 ޖޯޑު ޗެއްދަރު ޗީޒު ( ގާނާފައި )
  • 1 ޖޯޑު ގްރައުންޑް ބީފު

ތައްޔާރުކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށް އޭގެތެރޭގައި ފިޔާކޮޅު ރަތްކުރާށެވެ. އެއަށްފަހު ލޮނުމެދު އަޅާ އިތުރު 1 މިނިޓް ވަންދެން ކައްކާށެވެ. ދެން ބީފުކޮޅު އެޅުމަށްފަހު ރަނގަޅަށް ރޯފިލުވާފައި އެއިން ނިކުންނަ ފެންފޮދު ފުރާނާލާށެވެ.
  2. ތެލި އަލުން އުނދުންމައްޗަށް އުދުމަށްފަހު ޓޮމާޓޯ، ކިޑްނީ ބީންސް، ޗިލީ ޕައުޑަރު، ދިރި، އަސޭމިރުސް، ކުކުޅު ސުރުވާ އަދި ޕާސްތާ އެއްކުރުމަށްފަހު ތެލީގެ މަތިޖަހައިގެން 15 މިނިޓް ވަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ފުލުގައި ނުޖެހޭނެހެން ހާކާލަން ވާނެ އެވެ.
  3. ގިނި ނިއްވާލުމަށްފަހު ޗީޒުކޮޅު އަޅާ އެ ވިރެންދެން ދޭފަތަކުން އެއްކޮށްލާށެވެ.

ރޯދަވީއްލަން ނުވަތަ ހާރުދަމަށް މި ޑިޝް ސުފުރާއަށް އިންސާފު ކޮށްލައްވާށެވެ. އާއިލާގެ އެންމެންނަށްވެސް ކަމުދާނެ އެވެ.