އިންޑިއަން ކުއިޒީން ގެ މި ޑިޝްއަކީ އަހަރުމެންގެ ތެރޭގައި ވަރަށް މަގުބޫލް ޑިޝް އެކެވެ. ތައްޔާރުކޮށްލަން ފަސޭހަ ރަހަމީރު މި ޑިޝްގެ އަޖުމަ ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
  • 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
  • 600ގ ކުކުޅި (2 އިންޗި ބޮޑުކޮށް ކޮށާފައި)
  • ¼ ޖޯޑު ބަޓަރ ޗިކަން ހަވާދު
  • 400 މލ ކާށިކިރު
  • 2 ލުނބޯގެ ހުތް
  • 1/3 ޖޯޑު ކޮތަނބިރި ފަތް
  • 250 ގ ބަޓަރު
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިމުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮ ހޫނު ކުރުމަށްފަހު އޭގައި ފިޔާކޮޅު މަޑު ކުރާށެވެ. ރަނގަޅަށް މެޑުވުމުން ތަށްޓަކަށް އަދައި އެއްފަރާތް ކުރާށެވެ. ހަމަ އެތެލީގައި ކުކުޅުކޮޅާއި ލޮނު، އަސޭމިރުސް އަދި ޗިލީ ޕައުޑަރު އެއްކޮށް ކުކުޅު ކޮޅަށް މަޑު މުށިކުލަ އަރާ ރޯފިލަންދެން ކައްކާށެވެ.
  2. މަޑުކުރި ފިޔާކޮޅު ތެއްޔަށް އެޅުމަށްފަހު ބަޓަރ ޗިކަން ހަވާދު އަދި ކާށިކިރު އަޅައި މަޑު ގިނީގައި ކައްކާށެވެ. ކުކުޅު ކޮޅު ކެކި ބޮކިޖަހަން ފެށުމުން ލުނބޯހުތް ކޮޅާއި ކޮތަނބިރިފަތް އެޅުމަށްފަހު ތެލީގެ މަތިޖަހާ 5 މިނެޓް ކައްކާށެވެ.
  3. އެއަށްފަހު ބަޓަރު ބްލޮކް ތެއްޔަށް ލާ ރަނގަޅަށް ވިރެންދެން ކައްކާށެވެ. އަދި އުނދުން މަތިން ބާލާށެވެ.

ބަތް ނުވަތަ ރޮށްޓާއެކު ސުފުރާއަށް އިންސާފު ކުރައްވާށެވެ.