މިއީ ރެސްޓޯރެންޓް ތަކުގައި ވަރަށް އާއްމު ޑިޝްއެކެވެ. މިފަހަރު ރެސްޓޯރެންޓަކަށް ދިއުމުގެ ބަދަލުގައި ގޭގައި މި ޑިޝް ތައްޔުކޮށްލުން ކިހިނެއްވާނެތޯ އެވެ؟

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1 ކެރެޓު (ކިއުބު ކޮށް ކޮށާފައި)
  • 1 ސެލެރީ ސްޓިކް (ކިއުބު ކޮށް ކޮށާފައި)
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 500ގ މިންސްޑް ބީފް
  • 1/3 ޖޯޑު ޓޮމާޓޯ ޕޭސްޓް
  • 2 ޖޯޑު ޑައިސްޑް ޓޮމާޓޯ
  • 1 ސައި ސަމުސާ އޮރެގާނޯ ލީވްސް
  • ½ ސައި ސަމުސާ ނަޓްމެގް
  • 2 ސައި ސަމުސާ ސްވީޓްނާ
  • ½ ޖޯޑު ފެން
  • 2 ޖޯޑު ޕާސްތާ
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

  1. ހޫނު ފެން ތެއްޔެއްގައި ޕެކެޓުގައިވާ ގޮތުގެ މަތިން ޕާސްތާކޮޅު މަޑު ކުރާށެވެ. ރަނގަޅަށް މަޑުވުމުން ފިނި ފެނުން ފުރާނާފައި އެއްފަރާތް ކުރާށެވެ
  2. ތަވައެއްގައި ތެޔޮ ހޫނުކުރުމަށްފަހު 5 މިނެޓު ވަންދެން ފިޔާ، ކެރެޓު، ސެލެރީ އަދި ލޮނުމެދު މަޑުކޮށްލާށެވެ. އެއަށްފަހު ބީފްކޮޅު އެޅުމަށްފަހު މުށިކުލަ އަރަންދެން ކައްކާށެވެ. ފުލުގައި ނުޖެހޭނެހެން ހާކަން ވާނެ އެވެ.
  3. ޓޮމާޓޯ ޕޭސްޓް، އޮރެގާނޯ، ނަޓްމެގް، ޑައިސްޑް ޓޮމާޓޯ އަދި ފެން އެއްކުރުމަށްފަހު ބޮކި ޖަހަންދެން ކައްކާށެވެ. ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރުކޮށް މަޑު ގިނީގައި ސޯސްގަނޑު އޮލަ ކޮށްލާށެވެ.
  4. މަޑުކުރި ޕާސްތާ ކާތަށިތަކަށް ބަހާލުމަށްފަހު އޭގެ މައްޗަޓް ސޯސް ކޮޅެއް އަޅާށެވެ.

ރޯދަ މަހުގެ ސުފުރާއަށް މިއީ ރަނގަޅު ކެއުމަކަށް ވާނެ އެވެ. އިންސާފު ކުރައްވާއިރު ޕާސްތާ ތަށީގެ މައްޗަށް ޗީޒް އަދި ބޭސިލް ފަތްކޮޅެއް ބުރުވާލުމުން ރަހަ އިތުރަށް މީރުވާނެ އެވެ.