ބޮމުގެ ހާދިސާއަށްފަހު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި. އެމަނިކުފާނު ވިދާޅުވަނީ ހަމަލާދިން މީހުންނަށް ދައުވާ ކުރުމަށް ފޮނުވި ނަމަވެސް އެކަން ހުއްޓިފައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް. އަދި ރާއްޖެ ވަޑައިގެން ކިތަންމެ ދިރިއުޅުއްވަން ބޭނުންފުޅުވިޔަސް އިތުރު ބޮމެއް ގޮވައިގެން މަރުވާކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއްވާން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި.

މިދިޔަ މޭ މަހުގައި ދިން ހަމަލާއާއި ގުޅިގެން ވަކި ބަޔަކަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަން ހުއްޓިފައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހުގައި އެ ހަމަލާދިން މީހުންނަށް ދައުވާ ކުރުމަށް ފޮނުވި ނަމަވެސް އެކަން ހުއްޓިފައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ބޭނުންވާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާ ދުރުގައި މާ ދިގު މުއްދަތަކަށް ހުންނެވުމަކީ އަބަދުވެސް އެމަނިކުފާނަށް ވަރަށް ދަތިފުޅު ކަމެއް ކަމަށެވެ. ރާއްޖެ ވަޑައިގެން ކިތަންމެ ދިރިއުޅުއްވަން ބޭނުންފުޅުވިޔަސް އިތުރު ބޮމެއް ގޮވައިގެން މަރުވާކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއްވާން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ތައުރީފުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން އިސްލާހުކޮށް އެމަގުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން މުހިއްމު ކަމަށެވެ.

އަދި އެރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން އިސްލާހު ކުރުމަކީ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަމަށް މުހިއްމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރަން ވަޑައިގަންނަވަނިކޮށް ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްލައިގެން ގޮއްވާލި އެވެ.

ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން ފަސޭހަވާން އިތުރު ފަރުވާއަށް އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލިފައި ވިޔަސް އެއީ އެ ކަމުގެ ރޭވުން އޮތް މިންވަރު ކަމުގައި ގަބޫލު ނުކުރެވޭ ކަމަށެވެ.