އެމްޑީޕީއަކަށް ދިވެހިން އެދޭ ދިވެހިރާއްޖެ ހޯދައެއް ނުދެވުނު ކަމަށާއި ހައްލަކީ ޕިޕީއެމްގެ ވެރިކަމެއް ކަމަށް މިސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކަށް ދިވެހިން އެދޭ ރާއްޖެއެއް ހޯދައި ނުދެވުނު ކަމަށާއި އެމްޑީޕީ ބަލިކުރުން މިހާރު ލާޒިމް ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް ގާއިމްކުރުން ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ވެރިކަމުގެ ފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް، ދަސްވީ ދަރަންޏަށް ފައިސާ ހޯދާނެގޮތް ކަމަށެވެ. ބަކީ އޮތް ދުވަސްތަކަކީ އިގްތިސާދީ ހައްލު ހޯދުމަށް، ދިރާސާ ކުރާ އަހަރުތަކަށް ވެދާނެ ކަމަށާއި، މިކަން ވެގެންދަނީ ވެރިކަން ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތުމުން ކަމަށް މަލީހު ވިދާޅުވި އެވެ.

"ތިން އަހަރު ތެރޭ ދަސްވީ ދަރަންޏަށް ފައިސާ ހޯދާނެ ގޮތް. އަނެތް ތިން އަހަރު އާންދަނީ ހޯދާނެގޮތް ދިރާސާކުރުމުގައި. ފަހަރަކު އިގްތިސާދީ ހަރަކާތެއް ހުއްޓި ރައްޔިތުން އަގަޔާ އަތާއި ދިމާނުވާ ހާލަތަށް،" އޭނާ ވިދާޅުވި އެވެ.

މަލީހު މިހެން ވިދާޅުވިއިރު މި ސަރުކާރު ހަވާލުވިފަހުން ރާއްޖޭގެ ދަރަނި ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފަ އެވެ.