ރައީސް ޔާމީން ޖަލަށް ލާނެކަމުގެ އިންޒާރު އެމްޑީޕީއިން ދެމުން އަންނަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ހިތްވަރު ހުރި ކެނޑިޑޭޓެއް ނެތުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ނައިބު ރައީސް އާދަމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިއަދު ކުރައްވަމުންދާ ކަންތައްތަކަކީ އެމަނިކުފާނު އަނބުރައި ޖަލަށްދާންޖެހޭ ޒާތުގެ ކަންތައްތަކެއް ކަމަށް އެމްޑީޕީގެ އިސްވެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ ކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.
އޭނާ ވިދާޅުވީ ޔާމީން ޖަލަށްލާނެ ކަމުގެ އިންޒާރު ސަރުކާރުން ދެނީ ރިޔާސީ އިންތިހާބުގައި ވާދަކުރާވަރުގެ ހިތްވަރު ހުރި ކެންޑިޑޭޓެއް އެމްޑީޕީގައި ނެތުމުން ކަމަށެވެ. އަދި ހިތްވަރު ހުރި ނަމަ ރިޔާސީ އިންތިހާބުގައި ޔާމީނާއެކު ވާދަކުރާނެ މީހެއް ދެއްކުމަށް ވެސް އާދަމް ވަނީ ގޮވާލާފަ އެވެ.
"އިރާދަކުރެއްވިއްޔާ ދެނެއް ރައީސް ޔާމީން ޖަލަކަށް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައިއިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދު ހޯދުމަށް އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ވަޑައިގަންނަވަންޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާ ވާހަކަ ދައްކަވާފަ އެވެ.
މިޖަލްސާގައި ޝިފާޒު ވިދާޅުވީ ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ މިނިވަންވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ހުންނެވި ތަނަށް "އިން" ވާން ކަމަށެވެ. އަދި ރައީސް ޔާމީން ދުވަސްކޮޅަކަށް މިނިވަންވެވަޑައިގަތުމުން އެ މަނިކުފާނު މަސައްކަތް ކުރައްވަނީ އަނބުރާ ޖަލަށް ވަޑައިގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ އަލުން އަނބުރާ ޖަލަށް ދާން ޖެހޭ ވަރުގެ ކަންކަން. އަޅުގަނޑަށް ފެންނަނީ އަލުން އަނބުރާ އެމަނިކުފާނު ހުންނެވި ތަނަށް 'އިން' ކުރަން. އަލުން އަނބުރާ އެމަނިކުފާނު ޖަލަށް ލާން އެބަ ޖެހޭ،" ޝިފާޒު ވިދާޅުވި އެވެ.
ހަމަ އެ ޖަލްސާގައި އަމްރުވެސްވަނީ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ އަންނަ ރަމަޟާން މަހަށް ހަނދު ބެލުމުގެ ކުރިން ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މި ރޯދަ މަހަށް ހަނދު ބަލާއިރު ރައީސް ޔާމީން ހުންނާނީ އަލުން ޖަލުގައި ހެން،" އަމްރު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާކުދިން ޕީޕީއެމްގެ ކެންޑިޑޭޓް ފައްތޭ ހޮވަން ތިޔާ ކުރައްވާ މަސަެއްކަތް ދޯސް އާރ މެޖިކް މޯމެންޓްސް އިސްޕެޝަލީ އައި ލައިކް ފައްތޭ ކެމްޕެއިން ޓީމް ޑާންސް ޑާންސް ޑާންސް ޑާންސް ހޫއްއޫއް އޫއްހޫއް އޯއް ފައްތޭ އިޒް މޯރ ލައިކް ޕީޕަލް ކެންޑިޑޭޓް ހީ އިޒް ދަ ވަން އޯވަރ ކޮމަންޑޫ ފަައްތޭ ހޮވާ އޯވަރ ފޯކައިދޫ ޕައްތޭ ހޮވާ އޯވަރ މަރޮށި ފައްތޭ ހޮވާ އޯވަރ މާލެ ފައްތޭ ހޮވާ މަދަރ އޯލްވޭޒް ސޭ ފައްތޭ ހޮވާ ޕީޕަލް އޯލްވޭޒް ސޭ ފައްތޭ ހޮބީ އިން ދަވަންސް ހޯއް ހޯއް ފައްތޭ ހޮވާ ހީއިޒް ދަވަން ބީ އިން ދަ ވަންސް
ދެން ވައްކަމެއް ސާބިތު ވެއްޖެ ނަމަ ޖަލައްދާން ތައްޔާރަށް ހުރި ކަމަށް ޔާމީނު ވިދާޅުވި. ޥީމާ ޖަލަށް ދާން ޔާމީނު ގަޓު ހުންނާނެ.