ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފި އެވެ.
ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފަށް އެމަނިކުފާނު ސޮއިކުރެއްވީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޔާމީން ސޮއި ކުރެއްވި ފޯމް ހަވާލު ކުރެއްވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއާ އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެއް ނުވެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރުމަށް ނިންމައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމަށް ހާއްސް "ފިޝަރީޒް ކޮލެޖެއް" ގާއިމް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލާ، މަސްވެރިކަން ތިޔާގި ކުރުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ޖަލަށްލި ނާޒިމް ޕީއެންސީއަށް
ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި 25 އަހަރަށް ޖަލަށް ލާން 2015 ގައި ކުރި ހުކުމާ އެކު ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުނު މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް (ޖަނގިޔާ ނާޒިމް) ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ކުރިމަތިލާން ނިންމައިފި އެވެ. ނާޒިމްއަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒާ ދެބެންގެ ދެދަރި ބޭފުޅެކެވެ.
ރާއްޖެއަށް ފިޔާ އިމްޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް: މިނިސްޓްރީ
ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ މިނިސްޓްރީން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ގޯތި ނުލިބޭނެ ކަމަށް ނިންމި މީހަކަށް ގޯތި ދިނުމަށް ހުކުމްކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭނެ ކަމަށް ކަނޑައެޅި މީހަކަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ ފާތުމަތު އަހުމަދު ކިޔާ މީހެކެވެ. ފާތިމަތު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމުގައި ބުނީ އޭނާގެ އުމުރުގެ 54 އަހަރުވެސް ހޭދަކޮށްފައިވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައިކަން އެނގެން އެބައޮތް ކަމަށާއި ރާއްޖޭގެ އެހެން ތަނެއްގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން، މާލޭގެ އެހެން ރަށްވެހިންނަށް ވެސް ލިބުނު ފުރުސަތު ފާތިމަތަށް ވެސް ލިބެން ޖެހޭނެކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި، އުސޫލުގެ ތެރެއިން ގޯތި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރި ނުވޭ!
އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިއެއް ނުވި އެވެ.
މިއީ އިންޑިއާ ކަނޑުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިފަހަރު މި ބައްދަލުވުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ލިބުމާ އެކު އިތުރަށް ތަހުގީގުކުރަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓާ ގުޅޭ މައްސަލައެއް ތަހުގީގުކުރުމަށް ގެދޮރުވެރިންގެ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހައުސިން މިނިސްޓްރީން ދީފި އެވެ.
އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ.
ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަނީ
ތެލެސީލިއާއަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ނިންމައި ބޯންމެރޯ ހެދޭ ހުރިހާ ކުދީންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ބައްޔަށް ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް ގާއިމުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި މިހޮސްޕިޓަލް ތަރައްގީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.