މިއަދު މި ގެނެސްދެނީ ސިއްހަތަށް ރަނގަޅު އަނގަޔަށް މީރު ޑިޝް އެކެވެ. ސިއްހަތަށް ބައްލަވައިގެން އުޅުއްވާ ބޭފުޅުން މި ޑިޝް ތައްޔާރު ކޮށްލައްވާ ރޯދަ ވީއްލާ ގަޑީގެ ސުފުރާއަށް އަޖުމަ ބައްލަވާ ލައްވާށެވެ.

ބޭނުންވާ ތަކެތި

  • 500ގ އަލުވި (ހަތަރު ބަޔަށް ބުރިކޮށްފައި)
  • 4 ބިސް
  • ½ ޖޯޑު ސްޕްރިންގް އޮނިއަން (ކުދިކޮށް ކޮށާފައި)
  • ½ ޖޯޑު ސެލެރީ (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް
  • 4 މޭޒުމަތީ ސަމުސާ މަޔޯނައިސް
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

  1. ފެން ތެއްޔެއްގައި އަލުވިކޮޅާއި ބިސްކޮޅު އުދާށެވެ. 10 ވަރަކަށް މިނެޓަށްފަހު އަލުވި ކޮޅު މަޑުވެ ބިސްކޮޅު ރަނގަޅަށް ކެކުމުން އުނދުން މަތިން ބާލާށެވެ. އަލުވި ކޮޅު ސާފުކޮށްފައި ކުދި ކިއުބުކޮށް ކޮށާލާށެވެ. އަދި ހަމަ އެގޮތަށް ބިސްކޮޅު ސާފުކޮށްފައި ކިއުބުކޮށް ކޮށާށެވެ.
  2. ބޮޑު ތަށްޓެއްގައި އަލުވި، ބިސް ސްޕްރިންގް އޮނިއަން، ސެލެރީ އަދި މަޔޯނައިސް އެއްކޮށް ސަމުސަލަކުން މޮޑެލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮށްލާށެވެ.
  3. މޮޑުނު ސެލެޑްގެ ތެރެއަށް ކޮތަނބިރި ފަތްކޮޅު ބުރުވާލުމަށްފަހު މަޑުމަޑުން ހާކާލާށެވެ.

ބަތާއެކު ސައިޑް ޑިޝްއެއްގެ ގޮތުގައި ނުވަތަ ހުހަށްވެސް މި ސެލެޑް މީރުވާނެ އެވެ. ސިއްހަތަށް ފައިދާހުރި ކެއުމެއް ބޭނުންނަމަ މި ޑިޝްއަށް އިންސާފު ކޮށްލައްވާށެވެ.