މިފަހަރު މި ގެނެސްދެނީ ހަދާލަން ފަސޭހަ ރައިސް ޑިޝްއެކެވެ. ރަހަމީރު ނާސްތާއަކަށް މި ޑިޝް ހާރުދަމުގެ ސުފުރާގައި ހިމަނާލުން ކިހިނެއް ވާނެތޯ އެވެ.

ބޭނުންވާ ތަކެތި

  • 8 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • ½ 2 ސައި ސަމުސާ ލޮނުމެދު (ޗިސްކޮށްފައި)
  • 4 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 3 ޖޯޑު ކުކުޅު ސުރުވާ
  • ½ ޖޯޑު ސްޕްރިންގް އޮނިއަން (ތުނިކޮށް ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • 1 ސައި ސަމުސާ ހުދު އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔެއްގައި ތެޔޮކޮޅު ހޫނުކުރުމަށްފަހު ކޮށާފައި ހުރި ލޮނުމެދު ކޮޅު ތެލުގައި މަޑު ކުރާށެވެ. މަޑު ރަންކުލަ އަރާ މުރަނަ ވާން ފެށުމުން ލޮނުމެދުކޮޅު ޓިޝޫ އަކަށް އަޅައި ތެޔޮ ފުރާނަން ބަހައްޓާށެވެ.
  2. ބާކީހުރި ތެޔޮކޮޅު ހުސްކޮށްލުމަށްފަހު އެތެލީގައި ދެބައިކުޅަ އެއްބައި ބަޓަރު ވިރުވާށެވެ. ވިރުމުން ޗިސްކޮށްފައި ހުރި ލޮނުމެދާއި ސްޕްރިންގް އޮނިއަން އަޅައި ބަޓަރުކޮޅުގައި ލޮނުމެދު ރަހަ ހިފަންދެން އެއްކުރާށެވެ. އެއަށްފަހު ހަނޑޫކޮޅު އަޅައި ބަޓަރުކޮޅު ހަނޑޫކޮޅުގައި ރަނގަޅަށް އުނގުޅާށެވެ. އަދި ހަނޑޫކޮޅު ކުޑަކޮށް ހަނާ ކޮށްލާށެވެ.
  3. ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރު ކޮށްލާށެވެ. އަދި ކުކުޅު ސުރުވާ ކޮޅު އަޅައި ތެލީގައި މަތި ޖަހާ ކައްކާށެވެ. ފެންކޮޅު ރަނގަޅަށް ހިނދުމުން ސަމުސަލަކުން ބަތް އެތި ހާކާލުމަށްފަހު ބާކީ ހުރި ބަޓަރުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންތަމިން ބާލާށެވެ.

ފިހުނު މަސް ނުވަތަ ތެލުލި މަހާއެކު އިންސާފުކޮށްލަން ވަރަށް މީރުވާނެ އެވެ. އަޖުމަ ބައްލަވާ ލައްވާށެވެ.