ރަސްމާލެ ކިޔާ ހިސާބަކަށް ގެންނަ 20 ބިލިއަން މަޝްރޫއެއްގެ ވާހަކައިން ރާއްޖެ ގުގުމައިގެން ހިނގައްޖެ އެވެ. އެއްބަޔަކު އެކަމުގެ އުފަލުގައި އަތްޖަހައި ރައީސް މުހައްމަދު މުއިއްޒުއަށް ސަނާ ކިޔަމުން ދަނީ އެވެ. އަނެއް ބަޔަކު އެކަމުގެ ހުރި އުނި ޕޮއިންޓުތައް ފާހަގަކޮށް އެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވަނީ އެވެ.
ގާނޫނާއި ގަވާއިދާ ޚިލާފު ކަމަށް ބުނެ ދެން އަންނަ ސަރުކާރަކުން މަޝްރޫއު ކެންސަލް ކުރާނެ ކަމަށް ވެސް ބައެއް މީހުން ބުނަމުން އެބަދެ އެވެ. އިވެމުންދާ އަޑުތަކާއި ތިލަވަމުން ދާ މައުލޫމޫތުތަކުގެ އިތުރުން ފެންނަން ހުރި ހަގީގަތަށް ބުރަވާއިރު އަބޫދާބީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ނުބައި ރޭވުމުގެ ދަށުން ރާއްޖެ އަޅުވެތިވެ ނިމެނީ ކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ.
އަސްލު މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ގުޅުން ހުރި އެހެން ވާހަކައަކަށް ދާން ޖެހެ އެވެ.
އެއްގޮތް ކަމެއް
މީލާދީން 1880 އާ 1927 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ނަން މަޝަހޫރު ޔަހޫދީ ވިޔަފާރިވެރިން ކަމަށްވާ ރޮތްސްޗައިލްޑް ގްރޫފް ފަދަ ޖަމާއަތްތަކުން ފަލަސްތީނުގެ ދަނޑު ބިންތައް ގަންނަން ފެށި އެވެ. ބިންތައް ވިއްކީ ރަށުން ބޭރުގައި ދިރިއުޅޭ ބިން ވެރިންނެވެ. އެ މީހުން ހޯދީ މާލީ ބޮޑު ފައިދާއެކެވެ.
ޔަހޫދީން ދެއްކީ ހިސާބުގަނޑު ތަރައްގީކޮށް ދަނޑުވެރިންނަށް މުއްސަނދިކަން ގެންސްދޭނެ ކަމުގެ ހުވަފެނެވެ. އާދައިގެ ރައްޔިތުން ދެކޮޅު ހެދި އެވެ. ދީނީ އިލްމުވެރިން ފަތުވާ ނެރުނެވެ. ބިން ވިއްކުމާ ދެކޮޅަށެވެ. އެހެނަސް ބިން ވެރިން ބިން ވިއްކީ އެވެ.
މަޑުމަޑުން ގޮސް ބޮޑެތި އަވަށްތައް އެއްކޮށް ޔަހޫދީން މިލްކު ކުރީ އެވެ. ފަހުން އެތާނގެ ރައްޔިތުން ރަށުން ބޭރުކޮށް ގެދޮރުގައި ހުޅު ޖެހީ އެވެ. ޔަހޫދީންގެ ބިންތައް ތަރައްގީ ކުރި އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކަށް ނޯކިރީ ކޮށްލަން އެ ހިސާބަށް ދެވެ އެވެ. ދެމެދުގައި ފާރު ރޭނީ އެވެ. ރަށުގެ އަސްލު ރައްޔިތުން ހިސާރުކޮށްފައި ޓެންޓުތަކަކަށް ލުމަށްފަހު ތަރައްގީ ކުރި ދުނިޔޭގެ އެންމެ މަތީ ލަގްޒަރީ ދިރިއުޅުމާއި ރިސޯޓުތަކާއި ހޮޓާތައް އެހެރީ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ކިޔާ ދޭކަށް ނުޖެހޭނެ އެވެ.
އީގަލް ހިލްސް ޑީލް ރަސްމާލެއަކީ ރައީސް މުއިއްޒު ވެރިކަމަށް އަންނަން ކުރެހި ޗާޓުގެ ފޮޓޯއެކެވެ. ރައީސް ޔާމީންގެ މެނިފެސްޓޯ އިން ކުލަ ބަދަލު ކޮށްގެން ރައްޔިތުންނަށް ދެއްކި ބޮޑު މަންޒަރެކެވެ. އެއީ ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ތަސައްވުރެކެވެ. ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދެވެ. ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ބަލަމުން އަންޑަވޯޓާ ޓަނަލެއްގައި (ބިއްލޫރި ހޮޅި) ދެވޭނެ ކަމަށް ބުނި ހުވަފެނީ ސިޓީ އެވެ.
ދައުލަތުގެ ބަޖެޓުން ބޭރުން ސަރުކާރުގެ އެކި ކުންފުނިތަކުގެ ތިޖޫރީ ކަހާލައިގެން ބޭރު ފައިސާ ޚަރަދުކޮށްގެން ހިއްކަން ފެށި ރަސްމާލޭގެ ބިން ކުއްލި ގޮތަކަށް ސަރުކާރުން މިހާރު ވަނީ ޔޫއޭއީގެ އީގަލް ހިލްސް އަށް 99 އަހަރަށް ހިލޭ ދީފަ އެވެ. ނުވަތަ ވިއްކާލާފަ އެވެ. އެކަމަކު ސަރުކާރަށް އެއްވެސް އެއްޗެއް ނެގުމެއް ނެތި އީގަލް ހިލްސްއަށް ރަސްމާލެ ފަދަ އަގުބޮޑު ބިމެއް ދިނީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބެއް ނެތެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރަސްމާލެ ޑީލްގެ ފަހަތުގައި ބޮޑު އަދަދެއްގެ ލިޔެކިޔުމަށް ނާރާ ޓްރާންސްފާތަކެއް ވާނެ އެވެ. އެ ފައިސާ ބޭނުން ކުރުން ގާތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެމްޕޭނަށެވެ.
އީގަލް ހިލްސްއިން ކުރަން އުޅެނީ ކޮން ކަމެއް؟
އާންމުކޮށް ލިބެން ހުރި ލިޔެކިއުންތަކަށް ބަލާއިރު އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީ ކުރާނީ ދުނިޔޭގެ އެންމެ ލަގްޒަރީ ވޯޓަ ފްފޮރޮންޓް ސިޓީއެކެވެ. އެ ސިޓީގައި އަގު ބޮޑު ވިލާތަކާއި ލަގްޒަރީ ރިސޯޓުތަކާއި ނަން މަޝްހޫރު ބްރޭންޑްތަކުގެ ލަގްޒަރީ ޝޮޕިން އެކްޕީރިއަންސަށް ޚާއްސަ މޯލްތަކާއި ބޭނުންވާ އެހެން ފެސިލިޓީސްތައް ގާއިމު ކުރެވޭނެ އެވެ. މީގެ އިތުރުން ދިވެހިންނަށް 5،000 ހައުސިން ޔުނިޓު ވެސް ގަންނަ ބަޔަކު އަގު ދައްކާ ގޮތަށް އަޅައި ދޭނެ އެވެ.
މައްސަލަ އަކީ ކޮބާ؟
ރާއްޖޭގެ ދިރިއުޅުމުގެ މައި ނާރު ކަމަށްވާ މާލެއާ ޖެހިގެން ތަރައްގީ ކުރާ ލަގްޒަރީ ސިޓީން ގެދޮރު ގަނެވޭނީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި މުއްސަނދިންނަށެވެ. އެތާނގައި ވަޒަންވެރި ވާނީ އެންމެ ބޮޑެތި މަހުޖަނުންނެވެ. އެ މީހުންގެ ފަހަތުގައި އޮންނަ ބިރުވެރި މާފިޔާއަކީ ނުފެންނަ ބާރެކެވެ.
އާންމު ކޮށްފައިވާ ލިއުންތަކުން އެނގޭ ގޮތުގައި ރަސްމާލެއިން ބިމެއްގެ މިލްކުވެރިކަން ބަދަލުވާ ކޮނެމެ ފަހަރަކު އަލަށް މިލްކުވާ ފަރާތަށް 99 އަހަރަށް ބިން ލިިބޭނެ އެވެ. އެހެންކަމުން ރަސްމާލޭގެ ބިމަކީ ރާއްޖޭގެ ރައްޔިތުންނަށް ދުވަހަކު ވެސް އަނބުރާ ލިބޭނެ ބިމެއް ނޫނެވެ. ސަބަބަކީ އަބަދުވެސް ބިމުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ކުރަން ޖެހޭނެތީ އެވެ. ހަގީގަތުގައި ރާއްޖެއިން ބިން ވިއްކުމާ ރައްޔިތުން ދެކޮޅު ހެދުމުގެ ސަބަބުން ވިއްކުމޭ ނުކިޔާ މުޅިން އާ ގާނޫނީ މަޅިޔަކުން ބަނދެލައި، ރަސްމާލެ މިވަނީ ދިވެހި ރައްޔިތުންގެ އަތުން ފޭރިގެންފަ އެވެ.
ނަތީޖާއެއްގެ ގޮތުން ދިވެހިން ރަސްމާލޭގެ ދަށު ދަރަޖައިގެ ވަޒީފާތަކަށް ގޮސް، އެ މީހުންގެ ނޯކަރުންނަށް ވެ ނިމޭނީ އިޒްރޭލުން ފަލަސްތީނު މީހުންނަށް ހެދި ފަދަ ނިކަމެތި ގޮތަކަށެވެ. ހުޅުމާލޭގައި އާބާދުވާ ބޭރުގެ މަހުޖަނުންނަކީ ދިވެހި އާބާދީގެ 400،000 މީހުނާ ފަސޭހަކަމާ އެކު ކުޅެލައި ބޭނުން ގޮތެއް ހަދާލެވޭ ފަދަ ބާރު ގަދަ ބަޔަކަށް ވާނެ އެވެ.
ސަރުކާރުގެ ބަސް
އީގަލް ހިލްސްގެ ޑީލަށް ރައްޔިތުން ނުރުހުން ފާޅުކުރުމުން ސަރުކާރުން އަންނަނީ ތަފާތު ބަހަނާތައް ދައްކަމުންނެވެ. މައިގަނޑު ގޮތެއްގައި ބުނަނީ ބިން ގަންނަ މީހުންނަށް ލިބޭނީ އިމާރާތްކަމަށާއި ވިސާ ލިބޭނީ ސަރުކާރުން ދޭ ބަޔަކަށް ކަމަށެވެ. ހިނގާނީ ރާއްޖޭގެ ގާނޫނޭ ވެސް ބުނެ އެވެ. އެހެނަސް އިމާރާތް ވިއްކުމަށްފަހު އިމާރާތް ހުރި ބިމުން ސަރުކާރަށް ކުރެވޭނީ ކޮން ކަމެއްތޯ އާއި ގެދޮރު ގަންނަ ފަރާތްތަކަށް ވިސާ ނުދީ ހިފެހެއްޓޭނެ ގޮތަކީ ކޮބައިކަން ބުނެދޭކަށް ނޭނގެ އެވެ.
ދެން އޮތީ ގާނޫނުގެ ވާހަކަ އެވެ. ރާއްޖޭގައި އެއްވެސް ހައިސިއްޔަތެއް ނެތި އުޅޭ ބަނގްލަދޭޝް މީހުނާމެދު ގާނޫނެއް ނުހިނގާއިރު ދުނިޔޭގެ އެންމެ ބާރުގަދަ މުއްސަނދިންގެ ސިޓީއެއްގެ މައްޗަށް ގާނޫނެއް ހިނގިދާނެތޯ އަމިއްލައަށް ވިސްނާލަން ޖެހެ އެވެ.
ދިވެހިންނަށް ލަގްޒަރީ ދިރިއުޅުމުގެ ހުވަފެން ދެއްކި ރަސްމާލެ މިވަނީ ރައީސް މުއިއްޒުގެ ވެރިކަން ދަންމާލުމުގެ ބޭނުމުގައި އަރަބި މަހުޖަނު އަލައްބާރަށް ހިބައިން ދީފަ އެވެ. އޭނާގެ ދަގަނޑު އަތުން އެބިން ފޭރި ގަންނަނީ އެވެ. އީގަލް ހިލްސްގެ ބާޒުގެ ތުންގަނޑުން އެ ޖަހައި ގަންނަނީ ހަމައެކަނި ރަސްމާލެއެއް ނޫނެވެ. މުޅި ރާއްޖެ އެވެ.
މިސްރުން ހަނގުރާމައަށް ވަނުމާމެދު ގޮތެއް ނިންމުން ފަސްކޮށްފި
ރަސްމާލޭގެ ޕްރޮޕަޓީތަކުން ގަނެވޭނީ 25 ޕަސެންޓް: ރައީސް
އަމާޒަކީ 10،000 ވިޔަފާރިވެރިން އުފެއްދުން: ފައްޔާޒު
ދިވެހީންގެ އަތުގައި ރާއްޖެ އޮންނާނެކާމެދު ސުވާލު އުފައްދަވައިފި
އުޝާމް ޔާމީނަށް: "ރަސްމާލެ މަޝްރޫއު ގާނޫނާ ހިލާފެއް ނުވާނެ"
އީގަލް ހިލްސްއަށް ދިވެހީން އިތުބާރުކުރޭ: އަލައްބާރު
ރަސްމާލެ މަޝްރޫއުގެ ލިޔެކިޔުން ގެއްލި ފުލުހުން ފޯރިމަރަނީ
ރަސްމާލެ އެއްބަސްވުމުގައި ކޮންމެ ބަދަލަކާއެކު އިތުރު 99 އަހަރު
ރަސްމާލެ އަބޫދާބީގެ ކުންފުންޏަކަށް ވިއްކާލައިފި
ޖެކްޓްތައް ހައެއްކަ ދިމާއަށް ވައްޓާލެވިއްޔާ، ރާއްޖެ ދާނީ އެހެން ދަރަޖައަކަށެވެ. ބިޒިނެސް ހިނގާނެއެވެ. ކުރިއެރުންތައް ފެންނާނެއެވެ. ކުއްޔާއި، ޓެކްނޮލޮޖީއާއި، ވިޔަފާރިތަކާއި ވަޒީފާތަކުން ރައްޔިތުންނަށް މަންފާ ލިބޭނެއެވެ. ވިސްނަންވީ އައުޓް އޮފް ބޮކްސް ވިސްނުމަކުންނެވެ. ފިކުރު ބަންދުކޮށް، ސިޔާސީ އަރައިރުމުގައި ތިބެގެން ކުރިއެރުމެއް ނުލިބޭނެއެވެ. ފާޑުކިޔުން ވެސް ވާނީ ބިނާކުރަނިވި ގޮތަކުންނެވެ. އިސްކުރަންވީ ޤައުމުގެ މަސްލަހަތެވެ! މިއީ އަހަރެމެން އެންމެންގެ ޤައުމެވެ!
ސަރުކާރުން ކުރިން ބުނަމުން އައީ އީގަލްސް ހިލްސް އިން 25 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށޭ މިހާރު އެއަދަދު ކުއްލި އަކަށް 11 ބިލިއަނަށް ތިރި ވެއްޖެއޭ އީގަލްސް ހިލްސް އިން ތާރޑް ޕާރޓީ ތަކަށް ބިން ވިއްކާ އެމެން އަތުން ފައިސާ ހޯދައިގެން އެބިން ތަކުގައި ކުރާ އިމާރާތް ތައް އެއީ އިންޓަރގްރޭޓެޑް ޓޫރިޒަމް އެއީ ރެސިޑެންޝަލް އަދި ގެސްޓް ވިލާސް އަދި ކޮމާރޝަލް ރިޓެއިލް ވިޔާފާރި ތަކޭ ކޮބާތޭ ތިހާ އަގުބޮޑު ތަންތަނުން ތިތަކެތި ގަންނާނެ ކަސްޓަމަރުން ކޮބާ ބިޒްނެސް ޕްލޭން ނެތޭ މީ މުޅިން ސަރުކާރުން ރަސްމާލެ
ރަސްމާލެ ތަރައްގީގެ މަޝްރޫއުގެ ތަރައްގީގެ މުއްދަތު ތެރޭގައި 11 ބިލިއަން ޑޮލަރު ލިބޭނަމަ ދެން ރިސޯރޓްސް ތައް ހަދަން ފަޅު ވެސް ދެނީ އެޑްވާންސަށް ފައިސާ ދިނުމުންނޭ މާލެ ވަރުގެ 50 މާލެ ސައިޒުގެ ތަނެއް ރަސްމާލޭން ޔޫއޭއީގެ އީގަލްސް ހިލްސް އަށް ދެން ތިހާ ފައިސާ ހުރި ކުންފުންނަކަށް ހިލޭ ދޭން ޖެހޭނެ ސަބަބަކީ ކޮބައިތޭ ތިޔާ ގޮތަށް ފަލަސްތީނު ބިން ވެސް ވިއްކީ އިންވެސްޓް ކުރާ ގޮތަށޭ މިއަދު އެތަނުގައި އެއޮތީ އިޒްރޭލު ކިޔާ ގައުމެކޭ ފަލަސްތީނު މީހުން ބަނޑަށޭ އެތިބެނީ ހަމައެގޮތޭ ވާނީ ރަސްމާލޭގައި އުޅޭ މީހުންނަށް
اللهم اكفني شر من يريد بي سوءا، واصرفه عني وأبعده كما باعدت بين المشرق والمغرب، اللهم إني أعوذ بك من شر كل ذي شر، ومن أذى الناس وشرهم، واحطني بحفظك ورحمتك އަޅުގަނޑުމެނާ ހަމައަށް މިރާއްޖެ މިނިވަންކަންމަތީ ގެނެސްދެއްވި އަގުހުރި ކާބަފައިންގެ ޒިކްރާއިން ހިތްވަރުލިބިގެން މިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ މަސައްކަތް މާބޮޑަށް ހަލުއިކުރަންވީ ވަގުތު ކުޑަތަންވެއްޖެއެވެ..2028 ގެ ރިއާސީއިންތިޚާބަކީ ގައުމަށްޓަކައި ކަނޑައަޅަންޖެހޭ ކަމަކަށްވެއްޖެއެވެ..